ސައިންސް / ދުނިޔެ

ގޫގުލްގެ އައު އޭއައި ޓެކްނޮލޮޖީގެ އެހީގައި އިންޓަނެޓް ބޭނުންކުރާ ފަރާތްތައް ސްކޭމުން ރައްކާތެރިކުރުމަށް މަސައްކަތް ފަށައިފި

ގޫގުލްގެ އައު އޭއައި ޓެކްނޮލޮޖީގެ އެހީގައި އިންޓަނެޓް ބޭނުންކުރާ ފަރާތްތައް ސްކޭމުން ރައްކާތެރިކުރުމަށް މަސައްކަތް ފަށައިފި

ގޫގުލް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 މޭ 2025، 12:43

11 މޭ 2025، 12:43

ގޫގުލްއިން އިޢުލާނުކޮށްފައިވާ ގޮތުގައި، އިންޓަނެޓް ބޭނުންކުރާ ފަރާތްތައް އޮންލައިން ފްރޯޑުން ރައްކާތެރިކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކްރޯމް ބްރައުޒަރ، ގޫގުލް ސާރޗް އަދި އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އައު ފީޗަރތަކެއް ތަޢާރަފުކުރަން ނިންމާފައިވެއެވެ.

މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ގޫގުލްއިން ބޭނުންކުރާނީ ޖެމިނައި ނާނޯ ނަމަކަށް ކިޔާ އޮން-ޑިވައިސް ލާޖް ލޭންގުއޭޖް މޮޑެލްއެކެވެ. މި އައު ފީޗަރތަކުގެ ތެރެއިން އެއް ފީޗަރއަކީ ނުރައްކާތެރި ވެބްސައިޓްތަކާ ބެހޭގޮތުން ތަފްޞީލީ އިންޒާރުތައް ދިނުމަށް ކްރޯމްގައި ހިމަނާ ފީޗަރއެކެވެ.

މީގެ އިތުރުން، ވެބްސައިޓްތަކުގެ ނޯޓިފިކޭޝަންތަކުގައި ފޮރުވާފައި ހުންނަ ސްޕޭމް ކޮންޓެންޓް ދެނެގަތުމަށް  އޭއައި ބޭނުންކޮށްގެން އިންޒާރު ދޭ އަދި އެފަދަ ކޮންޓެންޓް އޮޓޮމެޓިކުން ބްލޮކްކުރާ އިތުރު ފީޗަރއެއްގެ މަސައްކަތްވެސް ގޫގުލްއިން ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ގޫގުލްއިން ބުނެފައިވާ ގޮތުގައި، ބްލޮކްކުރެވުނު ކޮންޓެންޓަކީ ކޮބައިކަން ބެލުމުގެ ފުރުޞަތު ބޭނުންކުރާ ފަރާތްތަކަށް ލިބޭނެއެވެ. އަދި އިންޒާރެއް ދިނުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނަމަ، އެކަން ރަނގަޅުކުރުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.

މީގެ އިތުރުން، ގޫގުލް މެސެޖަސް އަދި ފޯން ބައި ގޫގުލްގައި "ސްޕޭމް ޑިޓެކްޝަން" ނަމަކަށް ކިޔާ އައު ފީޗަރއެއް ތަޢާރަފުކުރާ ވާހަކަވެސް ގޫގުލްއިން ބުނެފައިވެއެވެ. މި ފީޗަރ ފަރުމާކުރެވިފައިވަނީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތައް ފްރޯޑް ފޯނު ކޯލްތަކާއި މެސެޖުތަކުން ރައްކާތެރިކުރުމަށެވެ. މި ފީޗަރ މެދުވެރިކޮށް، ފޯނު ކޯލެއް ނުވަތަ މެސެޖަކީ ފްރޯޑެއްކަމަށް ބެލެވޭނަމަ، އެކަމުގެ އިންޒާރު ބޭނުންކުރާ ފަރާތްތަކަށް ލިބޭނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS