ދުނިޔެ
އިރާންގެ ޚާރިޖީ ވަޒިރު ސަޢުދީޢަރަބިއްޔާއަށް ވަޑައިގެންފި

އިރާންގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޣްޗީ އަދި ސަޢުދީޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން
އިރާންގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޣްޗީ ސަޢުދީޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.
އާދީއްތަ ދުވަހު އޮމާންގައި އެމެރިކާއާއި އެކު ބާއްވާ ނިއުކްލިއާ ހަތިޔާރާ ގުޅޭ ނުސީދާ މަޝްވަރާތަކުގެ ހަތަރު ވަނަ ބުރުގެ ކުރިން އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޣްޗީ ސަޢުދީޢަރަބިއްޔާ އާއި ޤަތަރަށް ވަޑައިގެންފި އެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް އޮތް މިސްރާބާއި، ޔޫރޭނިއަމް މުއްސަނދިކުރުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަކީ މިމަޝްވަރާ ތަކުގައި ވާހަކަދެކެވޭނެ މުހިންމު ކަންކަން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.
ހޮނިހިރު ދުވަހު ދޯހާގައި ވާހަކަ ދައްކަވަމުން އަރަޣްޗީ ވިދާޅުވީ އެމެރިކާގެ އަމާޒަކީ އީރާނުގެ ނިއުކްލިއާ ހައްޤުތައް ނިގުޅައިގަތުން ނަމަ އެޤައުމުން ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
އީރާނުން ބުނަނީ އެޤައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ މަދަނީ ބޭނުމަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި ނިއުކްލިއާ ހަތިޔާރެއް ހޯދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ދޯހާގައި އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އަރާޣްޗީ ވިދާޅުވީ، އަބަދުވެސް ބުނަމުން އައީ، އެއްބަސްވުމެއްގެ މަޤްސަދަކީ މިހާރު ވެސް ލިބިފައިވާ ނިއުކްލިއާ ހަތިޔާރެއް އީރާނަށް ދުވަހަކުވެސް ނުލިބޭނެކަން ކަށަވަރުކުރުން ކަމަށެވެ.
އެކަމަކު އަނެއް ފަރާތުން ޙަޤީޤަތާއި ޚިލާފު ޑިމާންޑްތަކެއް ހުރި ނަމަ ދެން އިރާނަށް މައްސަލަތައް ދިމާވާނެ ކަމަށްވެސް އަރާޣްޗީ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު އަރާގްޗީގެ ގަލްފް ދަތުރު ފައްޓަވައިފައިމިވަނީ މިމަޝްވަރާތަކަކީ އިރާނުން ބާއްވާނެ އެންމެ ފަހުގެ މަޝްވަރާތައް ކަން ކަށަވަރުކޮށްދިނުމަށް ފަހު އެވެ
އިރާންނުން ނިއުކްލިއާ ގެންގުޅުމާއި އެތަރައްޤީ ކުރުމަކީ އެމެރިކާއިން އަބަދުވެސް ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމަކަށްވެފައިވާއިރު އިރާނުން އަބަދުވެސް ބުނަމުންދަނީ އެޤައުމުން ނިއުކްލިއާ ގެންގުޅެނީ މަދަނީ ބޭނުންތަކަށް ކަމަށެވެ.