ސައިންސް / ދުނިޔެ

ސޯވިއެޓް ޔޫނިއަންގެ ޒަމާނުގެ ވީނަސް މިޝަން ކޮސްމޮސް 482 އިންޑިއާ ކަނޑަށް ވެއްޓިއްޖެ

ސޯވިއެޓް ޔޫނިއަންގެ ޒަމާނުގެ ވީނަސް މިޝަން ކޮސްމޮސް 482 އިންޑިއާ ކަނޑަށް ވެއްޓިއްޖެ

ސޯވިއެޓް ޔޫނިއަންގެ ޒަމާނުގެ ވީނަސް މިޝަން ކޮސްމޮސް 482 އިންޑިއާ ކަނޑަށް ވެއްޓިއްޖެ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 މޭ 2025، 08:19

10 މޭ 2025، 08:19

ދުވަސްތަކެއް ވަންދެން ދެކެވެމުން އައި ވާހަކަތަކަށް ފަހު، ސޯވިއެޓް ޔޫނިއަންގެ ޒަމާނުގެ ބަހައްޓާފައިވާ ސްޕޭސްކްރާފްޓް ކޮސްމޮސް 482 މި މަހުގެ 10 ވަނަ ދުވަހު ހޮނިހިރު ދުވަހު ބިމަށް ވެއްޓިފައިވާ ކަމަށް ރަޝިއާގެ ސްޕޭސް އެޖެންސީ ރޮސްކޮސްމޮސްއިން ކަށަވަރުކޮށްފިއެވެ. މި ސްޕޭސްކްރާފްޓް ވެއްޓިފައިވަނީ އަންޑަމާން ޖަޒީރާގެ ހުޅަނގުން 560 ކިލޯމީޓަރު ދުރުގައިވާ އިންޑިއާ ކަނޑުގެ ސަރަހައްދަކަށެވެ. މިކަން ހިނގާފައިވަނީ މޮސްކޯ ގަޑިން ހެނދުނު 9:24 ގައެވެ.

53 އަހަރު ކުރިން ވީނަސްއަށް ދަތުރުކުރުމަށް ފޮނުވި މި ސްޕޭސްކްރާފްޓް ވެއްޓުނީ އެއްވެސް ގެއްލުމެއް ނުލިބި ކަނޑަށެވެ. މީގެ ކުރިން ބައެއް ރިޕޯޓުތަކުގައި ބުނެފައިވަނީ މި ސްޕޭސްކްރާފްޓް އެއްގަމަށް ވެއްޓިދާނެ ކަމަށެވެ.

"1972 ވަނަ އަހަރު ދޫކޮށްލި ކޮސްމޮސް-482 ސްޕޭސްކްރާފްޓް މިހާރު ވަނީ ނެތިގޮސްފައި. އެ ސްޕޭސްކްރާފްޓް ވަނީ އޯބިޓުން ނުކުމެ އިންޑިއާ ކަނޑަށް ވެއްޓިފައި. މި ސްޕޭސްކްރާފްޓް ވެއްޓެމުންދިޔައިރު، ބިމާ ކައިރި ބޭރު ޖައްވުގައި ނުރައްކާތެރި ހާލަތްތަކާ ގުޅޭ އޮޓޮމޭޓެޑް އިންޒާރު ދޭ ނިޒާމުން އެކަން މޮނިޓަރ ކުރެވުނު،" ރޮސްކޮސްމޮސްއިން ޓެލެގްރާމްގައި ބުނެފައިވެއެވެ.

ދަ ގާޑިއަންގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ)ގެ ސްޕޭސް ޑެބްރިސް އޮފީހުން ވެސް ވަނީ ކޮސްމޮސް 482  ޖައްވަށް ވަދެފައިވާކަން ކަށަވަރުކޮށްފައެވެ. މިކަން ކަށަވަރުކޮށްފައިވަނީ ޖަރުމަނުގެ ރާޑާ ސްޓޭޝަނަކުން އެ ސްޕޭސްކްރާފްޓް ފެންނަން ނެތުމުންނެވެ.

1972 ވަނަ އަހަރު ދޫކޮށްލި، 500 ކިލޯގްރާމަށްވުރެ ލުއި މި ސްޕޭސްކްރާފްޓް ވީނަސްއަށް ދަތުރުކުރަމުން ދަނިކޮށް މައްސަލަ ޖެހުނެވެ. ޓައިމަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުން އިންޖީނު  ހުއްޓުމުން، މި ސޯވިއެޓް ސްޕޭސްކްރާފްޓް ބިމުގެ އޯބިޓުގައި 50 އަހަރަށްވުރެ ގިނަ ދުވަހު ހަރުލާފައި އޮތެވެ. މި ޕްރޯބް ފަރުމާކޮށްފައިވަނީ ވީނަސްގެ މަތީ ޕްރެޝަރާއި ހޫނުގައި ދެމިހުރެވޭ ގޮތަށް ކަމަށްވުމާއެކު، ގިނަ ސްޕޭސް އޮބްޖެކްޓްތައް ބިމުގެ ޖައްވަށް ވަނުމާއެކު ނެތިދާއިރު، މި ސްޕޭސްކްރާފްޓް ސަލާމަތުން ބިމަށް ވެއްޓިދާނެ ކަމަށް ގިނަ ސައިންސްވެރިން ޤަބޫލުކުރެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS