ދުނިޔެ

ހަމާސްއިން ސަލާމަތްތެރިކަމާއެކު މިނިވަންކުރި އަންހެނަކު މިނިވަންކުރި ފަހުން ރޭޕްކޮށްލައިފި

ހަމާސްއިން ސަލާމަތްތެރިކަމާއެކު މިނިވަންކުރި އަންހެނަކު މިނިވަންކުރި ފަހުން ރޭޕްކޮށްލައިފި

ހަމާސްއިން އަންހެން ރަހީނަކު މިނިވަންކުރުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 މޭ 2025، 08:54

08 މޭ 2025، 08:54

ހަމާސްއިން ރަހީނުކޮށް ސަލާމަތްތެރިކަމާއެކު މިނިވަންކުރި އަންހެނަކު މިނިވަންކުރި ފަހުން ރޭޕްކޮށްލައިފިއެވެ.

އިޒްރާއިލްގެ އަންހެނެއްކަމަށްވާ މިއާ ޝެމް ހަމާސްއިން މިނިވަންކުރީ 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ހަމަލާތައް ދެ ހަފްތާއަށް މެދުކަނޑާލައި ޢަސީރުން މިނިވަން ކުރި ދުވަސްވަރުއެވެ. 

ޝެމް ބުނެފައިވަނީ އޭނާގެ ގޭގައި އިޒްރާއިލްގައި މަޝްހޫރު ފިޓްނެސް ޓްރެއިނަރަކާއި ސޯޝަލް މީޑިއާ އިންފްލުއެންސަރަކު އޭނާއަށް ޑޭޓަކަށް ދައުވަތުދީ ޑްރަގެއް ދިނުމަށްފަހު އޭނާ ރޭޕްކޮށްފައިވާ ކަމަށެވެ.

މިއީ އަހަރެންގެ މުޅި ހަޔާތުގައި އެންމެ ބޮޑަށް ބިރުގަތް ހާދިސާ، ރަހީނުވުމުގެ ކުރިންވެސް، ރަހީނުވެފައި ހުރިއިރުވެސް.

ޝެމް ބުނެފައިވެއެވެ.

ޝެމް ބުނެފައިވަނީ ހަމާސްގެ ދަށުން މިނިވަންވެ، އޭނާ ހުރީ އޭނާގެ ގޭގައި އޭނާއަށް އެންމެ ރައްކާތެރި ތަނުގައި ކަމަށެވެ. ނަމަވެސް އެރައްކާތެެރިކަން އޭނާއަށް ނުލިބުނު ކަމަށް ޝެމް ބުނެފައިވެއެވެ. ޝެމްގެ ރޭޕްގެ މައްސަލަ ރިޕޯޓުކޮށް އިޒްރާއިލްގެ ތެރޭގައި އެ ވާހަކަ ފެތުރުމާއިއެކު މުޅި ދުނިޔެއަށް މިހާރު އެ ޚަބަރުދަނީ ފެތުރެމުންނެވެ.

މި ޚަބަރު ދުނިޔޭގެ ސަމާލުކަން ހޯދައިފައިވާއިރު ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ މިކަމާއި ބެހޭ ގޮތުން ކޮމެންޓުތައް ކުރަމުންނެވެ.  "އޭނާ ހަމާސްއާއެކު ހުރިއިރު އޭނާއަށް މާ ރައްކާތެރި" މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެއެވެ.

އިޒްރާއީލުން އަންދާޒާކުރާގޮތުން ި 59 ރަހީނުން އަދިވެސް ހަމާސްއިން މިނިވަން ނުކޮށް އެބަތިއްބެވެ. އަދި އޭގެ ތެރެއިން 24 މީހުން ދިރިތިބިކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS