ދުނިޔެ

ޕާކިސްތާނުން އިންޑިއާގެ ޖަމްއު ކަޝްމީރުގެ ޕޫންޗް ސަރަހައްދަށް ހަމަލާދެނީ، 12 މީހަކު މަރުވެއްޖެ

ޕާކިސްތާނުން އިންޑިއާގެ ޖަމްއު ކަޝްމީރުގެ ޕޫންޗް ސަރަހައްދަށް ހަމަލާދެނީ، 12 މީހަކު މަރުވެއްޖެ

ހަމަލާއަރައި ހަލާކުވެފައިވާ ގެއެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 މޭ 2025، 08:58

07 މޭ 2025، 08:58

ޕާކިސްތާނުން އިންޑިއާގެ ޖަމްއު ކަޝްމީރުގެ ޕޫންޗް ސަރަަހައްދަށް ހަމަލާދީ 12 މީހަކު މަރާލައިފިއެވެ.

"ދަ ޓައިމްސް އޮފް އިންޑިއާ" ގައި ބުނެފައިވަނީ މި ހަމަލާތަކުގެ ސަބަބުން 12 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭކަމަށެވެ. އަދި ހަމަލާގެ ސަބަބުން 57 މީހަކު ޒަަޚަމްވެފައިވާ ކަމަށްވެސް އެނޫހުގައި ބުނެފައިވެއެެވެ.

އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު މިހާރު ކުރިއަށްމިދާ ހަމަލާ ބަދަލުކުރުންތަކަކީ އޭޕްރީލް 22 ވަނަ ދުވަހު ޕަހަލްގަމްގައި 25 ފަތުރުވެރިންނާއި އެ ސަރަހައްދުގެ ރައްޔިތަކު މަރާލި ޓެރަރިސްޓް ހަމަލާގެ ސަބަބުން ފެށިގެން އުޅޭ ހަމަނުޖެހުންތަކެކެވެ.

މި ހަމަލާގެ ޒިންމާ ޖައިޝް-އެ-މުހައްމަދު، ލަޝްކަރ-އެ-ޓޮއިބާ އަދި ހިޒްބުލް މުޖާހިދީންގެ ކޮނޑުގައި އިންޑިއާއިން އަޅުވައިފައިވެއެވެ. ނަމަވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ރިޕޯޓުތަކުން ޕަހަލްގަމްގައި ދިން ހަމަލާއަކީ އިންޑިއާގެ ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެއްކަން ވަނީ އެނގިފައެވެ.

އެ ހަމަލާގެ ބަދަލުގައިކަމަށް ބުނެ އިންޑިއާއިން ރޭ ދަންވަރު ވަނީ ޕާކިސްތާނަށް ވަރުގަދަ ހަމަލާއެއް ދީފައިވެއެވެ. "އޮޕަރޭޝަން ސިންދޫރް"ގެ ނަމުގައި ފަށައިގެން އުޅޭ އޮޕަރޭޝަންގައި ރޭ ދިން ހަމަލާގައި މިސްކިތެއް ވަނީ ހަލާކުކޮށްލައިފައެވެ.

ޕޫންޗްގެ އެމްއެލްއޭ ހާވެލް އައިޖާޒް ޖާން ޓައިމްސް އޮފް އިންޑިއާއަށް ބުނެފައިވަނީ، ޕޫންޗަށް ޕާކިސްތާނުން ބާރުގަދަ އާޓިލަރީ ބޮންއަޅަން ފެށީ ރޭ ދަންވަރު 3 ޖެހިއިރު ކަމަށާއި އަދިވެސް ޕާކިސްތާނުން ހަމަލާތައް ދެމުންދާކަމަށެެވެ.

ޕާކިސްތާނުގެ ސިފައިން ފޮނުވާލި އާޓިލަރީ ބޮންތައް އަމާޒުވެފައިވަނީ އާންމުންގެ ސަރަހައްދުތަކަށެވެ. އެ ބޮންތައް ވެއްޓި ގެތަކާއި ސްކޫލްތަކާއި އެހެނިހެން ތަންތަނަށް ގެއްލުންތައް ލިބިފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS