ދުނިޔެ

އެއްބަސްވެވުނީ އެމެރިކާއާއި އެކު، އިޒްރާއިލަށް ދޭ ހަމަލާތައް ހުއްޓާނުލާނަން: ހޫތީން

އެއްބަސްވެވުނީ އެމެރިކާއާއި އެކު، އިޒްރާއިލަށް ދޭ ހަމަލާތައް ހުއްޓާނުލާނަން: ހޫތީން

އިޒްރާއިލުން ސަންޢާ އެއަރޕޯޓަށް ދިން ހަމަލާގައި ހަލާކުވެފައިވާ ބޯޓެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 މޭ 2025، 05:38

07 މޭ 2025، 05:38

ހަމަނުޖެހުންތައް ހުއްޓާލައި އެއްބަސްވެވުމަކަށް އާދެވިފައިވަނީ އެމެރިކާއާއި އެކުގައި ކަމަށާއި މިއެއްބަސްވުމުގައި އިޒްރާއިލަށް ދޭ ހަމަލާތައް ދިނުން ހުއްޓާލުން އެއްގޮތަކަށްވެސް ހިމެނިފައިނުވާނެ ކަމަށް ހޫތީން ބުނެފިއެވެ. 

ހޫތީންގެ ޗީފް ނެގޯޝިއޭޓަރު މުޙައްމަދު ޢަބްދުއްސަލާމް ބުދަ ދުވަހު ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ އޮމާނުން މެދުވެރިވެގެން ވެފައިވާ އެއްބަސްވުމުގައި އިޒްރާއީލަށް ހަމަލާދިނުން ހުއްޓާލުން "އެއްވެސް ގޮތަކުން، ބައްޓަމަކުން ނުވަތަ ފޯމެއްގައި" ނުހިމެނޭ ކަމަށެވެ.

މި އެއްބަސްވުމުގެ ވާހަކަ އިއުލާންކޮށްފައި ވަނީ އިޒްރާއިލްގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ޔަމަނުގެ ސަންޢާ އެއާޕޯޓަށް ހަމަލާދިންތާ ގަޑިއެއްހާއިރު ފަހުންނެވެ. އެއާޕޯޓުގެ ޑިރެކްޓަރު ޚާލިދު އަލް ޝައިފް ބުދަ ދުވަހު އަލް މަސީރާ ޓީވީއަށް ވިދާޅުވެފައިވަނީ އިޒްރާއިލްގެ ހަމަލާގެ ސަބަބުން އެއާޕޯޓަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށެވެ.

މި އެއްބަސްވުން އިއުލާނު ކުރަމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފައިވަނީ ހޫތީންނާ ދެކޮޅަށް ޔަމަނަށް ދޭ ހަމަލާތައް ހުއްޓޭނެ ކަމަށާއި، ވަގުތުން އަމަލުކުރަން ފަށާނީ ރަތް ކަނޑުގައި އުޅަނދުތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް ހޫތީން އެއްބަސްވުމުން ކަމަށެެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS