Ads by Aqeeqa Maldives

ޚަބަރު

އއ. ތޮއްޑޫގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގައި ފުލުހުންގެ އިންސްޕެކްޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އއ. ތޮއްޑޫގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގައި ފުލުހުންގެ އިންސްޕެކްޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އއ. ތޮއްޑޫގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގައި ފުލުހުންގެ އިންސްޕެކްޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިޔުން/ފޮޓޯ: ފުލުހުން

07 މޭ 2025، 05:00

އއ. ތޮއްޑޫގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގައި ފުލުހުންގެ ޚާއްޞަ އިންސްޕެކްޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި، އއ. އަތޮޅު ޕޮލިހުން ގުޅިގެން ކަމަށެވެ.

މި ޕްރޮގަރާމުގައި ފުލުހުން ވަނީ ތޮއްޑޫގެ ޖުމްލަ 38 ގެސްޓް ހައުސް އަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެ ތަންތަނުގައި ސަލާމަތީ ކަންކަން ހުރި ގޮތް އޮޅުންފިލުވާ، ސަލާމަތީ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް ގެސްޓްހައުސްތަކުގެ ވެރިންނަށް ވަނީ އިރުޝާދު ދީފައެވެ. މިއާއެކު، މި ޕްރޮގްރާމަށް ތޮއްޑޫގައި ހިންގާ ގެސްޓްހައުސްތަކުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ދީފައެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ތެރެއިިން ފުލުހުން ވަނީ، ތޮއްޑޫ ކައުންސިލާއި ބައްދަލުކުރުމަށްފަހު ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ހަމަ އެހެންމެ، އެރަށުގައި މޫދަށް އެރޭ ސަރަޙައްދުތަކުގައި ފަތުރުވެރިންނަށް ޚާއްޞަކޮށްގެން މުހިންމު މަޢުލޫމާތުތައް ހިމަނައިގެން ބޯޑުތައް ޖެހުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ތޮއްޑޫ ކައުންސިލުން ވަނީ، ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަން ޕްރޮގްރާމަކީ އެރަށަށް ވަރަށް މުހިންމު އަދި ބޭނުންތެރި ޕްރޮގްރާމެއްކަން ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS