ދުނިޔެ

އިންޑިއާ ޕާކިސްތާނުގެ ކޯޅުމުގެ ސަބަބުން ސަރަހައްދުގެ ވައިގެދަތުރުފަތުރުތަކަށް ބުރުއަރައިފި

އިންޑިއާ ޕާކިސްތާނުގެ ކޯޅުމުގެ ސަބަބުން ސަރަހައްދުގެ ވައިގެދަތުރުފަތުރުތަކަށް ބުރުއަރައިފި

ފްލައިޓްތައް ކެންސަލްވެ މީހުން އެއަރޕޯޓްގައި މަޑުކޮށްގެެން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 މޭ 2025، 05:00

07 މޭ 2025، 05:00

ހުލާސާ


އިންޑިއާ ޕާކިސްތާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ ވައިގެދަތުރުފަތުރުތަކަށް ބުރުއަރައިފިއެވެ. 

އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރަމުންދާ ހަމަލާތަކާއި ގުޅިގެން އޭޝިއާގެ ބައެއް އެއާލައިންތަކުން އިންޑިއާ އާއި ޕާކިސްތާނަށް ދިއުމާއި އައުމަށް ކުރާ ދަތުރުތައް ކެންސަލް ކޮށް ނުވަތަ އެހެން ރޫޓަކުން ދަތުރުކުރުމަށް ހަމަޖައްސާނެ ކަމަށްބުނެ އެކަން އިއުލާނުކޮށްފައެވެ.

މިހާރު އެދެޤައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަލާބަދަލުކުރުންތަކަކީ ފާއިތުވި ދެ ދިހަ އަހަރު ތެރޭގައި އެދެ ޤައުމުގެދެމެދުގައި ބަދަލުކުރެވޭ ހަމަލާތައްކަން ފާހަގަކޮށްލަންޖެހެއެވެ.

ބުދަ ދުވަހު ނެވިގޭޝަނަލް ޑޭޓާއިން ދައްކާ ގޮތުގައި އިންޑިއާގެ އުތުރާއި ޕާކިސްތާނުގެ ދެކުނުގެ މަތީގައިވާ ވައިގެ ސަރަހައްދު ވަނީ މުޅިން ހުސްކޮށްފައެވެ. ޕާކިސްތާނުގެ މުޅި ވައިގެ ސަރަހައްދުގައި މަދު ފްލައިޓްތަކެއް ފިޔަވައި ހަރަކާތްތެރިވަނީ މަދަނީ މަތިންދާބޯޓުތަކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފްލައިޓްތައް މޮނިޓަރ ކުރާ ފްލައިޓްރެޑާ 24 އިން ބުނާ ގޮތުގައި ބުދަ ދުވަހުގެ ހެނދުނުގެ ނިޔަލަށް ޕާކިސްތާނަށް ދިއުމާއި ޕާކިސްތާނުން އަންނަ 52 ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ.

އިންޑިއާއިން ހަމަލާދިން އިރު ޕާކިސްތާނުގެ ވައިގެ ސަރަހައްދުގައި ބައިނަލްއަޤްވާމީ 57 ފްލައިޓެއް އޮޕަރޭޓް ކުރި ކަމަށް ޕާކިސްތާން ސިފައިންގެ ތަރުޖަމާނަކު ބުނެފައިވެއެވެ.

އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ފެށިގެން މިއުޅޭ ކޯޅުންތަކަކީ ޕާކިސްތާނާއި އިންޑިއާ އަށް ވާގޮތައް އޮންނަ ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޔަކު ދިން ބަޑީގެ ހަމަލާތަކަކާއި ގުޅިގެނެވެ. 

މިހަމަލާތަކުގެ ޖަވާބެއްގެ ގޮތުން އިންޑިއާއިން ވަނީ މިޝަން ސިންދޫރް ގެ ނަމުގައި ޢަސްކަރީ މިޝަން އެއް ފަށައިފައެވެ.

ރޭ އިންޑިއާއިން ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސަށް ދިން ވައިގެ ހަމަލާގައި 26 މީހަކު މަރުވެ އެތައްބަޔަކު ވަނީ ޒަޚަމްވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS