Ads by Aqeeqa Maldives

ޚަބަރު

ތިނަދޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެނީ

ތިނަދޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެނީ

އައިޖީއެމްއެޗް/ފޮޓޯ: އެޓޯލް ޓައިމްސް

07 މޭ 2025، 02:47

ތިނަދޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތިނަދޫ ސިޓީގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނަގާފައިވާކަމުގެ ރިޕޯޓު މިދިޔަ އޭލްރީލް މަހުގެ 27 ވަނަ ދުވަހުގެ 15:57 ހާއިރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިނީ 31 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި އެކްސިޑެންޓާއި ގުޅިގެން އެ އަންހެން މިހާގެ ބޮލަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވުމުގެ ސަބަބުން، ތިނަަދޫ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭންފެށިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެރޭ އިތުރު ފަރުވާއަށް އިމަޖެންސީގައި މާލެ ގެނައުމަށްފަހު މިިހާރު އޭނާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ހާދިސާގައި އަނިޔާ ލިބިފައިވާ އަންހެން މީހާގެ ޙާލު ރަނގަޅުވަމުން އަންނަކަމަށް އޭނާގެ ޢާއިލާއިިން މަޢުލޫމާތުދޭ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ ތަހުޤީޤަށް ހާޒިރުކޮށް، އޭނާ އާއި ސުވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS