Ads by Aqeeqa Maldives

ޚަބަރު

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އާރު.ސީ.އެމް.ޕީ ގެ އިންޓަރނޭޝަނަލް ލިއޭޒަން އޮފިސަރާ ބައްދަލުކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އާރު.ސީ.އެމް.ޕީ ގެ އިންޓަރނޭޝަނަލް ލިއޭޒަން އޮފިސަރާ ބައްދަލުކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އާރު.ސީ.އެމް.ޕީ ގެ އިންޓަރނޭޝަނަލް ލިއޭޒަން އޮފިސަރާ ބައްދަލުކުރެއްވުން/ފޮޓޯ: ފުލުހުން

07 މޭ 2025، 11:22

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް، އާރު.ސީ.އެމް.ޕީ ގެ އިންޓަރނޭޝަނަލް ލިއޭޒަން އޮފިސަރާ ބައްދަލުކުރައްވައިފިއެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގަި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ޑީ.ސީ.ޕީ  ވަނީ އިންޓަރނޭޝަނަލް ލިއޭޒަން އޮފިސަރ އަދި ކައުންސެލަރ ވިލިއަމް (ބިލް) ބެންޓްލީ އާ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވެސް ވަނީ މުހިންމު ދާއިރާތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ތަހުގީގުތަކާއި މަސްތުވާތަކެއްޗާއި ފައިނޭންޝަލް ކުށްތަކުގެ ތަހުގީގުތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހަމަ އެހެންމެ، ފައިނޭންޝަލް އެނަލިސިސް އަދި ޑިޖިޓަލް ފޮރެންސިކްސްގެ އިތުރުން، ރޭވިގެން ހިންގާ ކުށްތަކާއި އެތެރެކުރުން މަނާ ތަކެއްޗާ ގުޅޭ މައްސަލަތަކާ މެދު ވެސް ވަނީ ވާހަކަ ދެކެވިފައެވެ.

މީގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޚާއްޞަ ދާއިރާތަކުގެ ޤާބިލުކަން އިތުރުކުރުމާއި، އެކިކަހަލަ ކުށްތަކާއި ދެކޮޅަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި މި ބައްދަލުކުރެއްވުމުގެ ސަބަބުން، ރާއްޖެއާއި ކެނެޑާއިން ގުޅިގެން ކުށްތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިގެން ދާނެއެވެ. އަދި ޓްރާންސްނޭޝަނަލް ކްރައިމްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް  އިތުރު ބާރެއް ލިބިގެންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޑީ.ސީ.ޕީ އިސްމާޢީލް ނަވީން ވަނީ އާރު.ސީ.އެމް.ޕީ އިން ދިވެހި ފުލުހުންނަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، އެކަމަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS