Ads by Aqeeqa Maldives

ޚަބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ

07 މޭ 2025، 10:34

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމަ އެހެންމެ، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބައެއް ކައުންސިލް މެންބަރުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގެ އަރިހުގައި އެ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި އެ ވުޒާރާއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީއަށް ދިމާވާ ބައެއް ގޮންޖެހުންތަކުގެ މަޢުލޫމާތުތައް ވެސް އެ ސިޓީގެ މޭޔަރ އާތިފް ވަނީ ވަޒީރާއި ހިއްސާކުރައްވާފައެވެ.

ކުރިއަށް އޮތް ތަނުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގުޅިގެން އިސްލާމީ ދާއިރާއިން މުހިންމު މަޝްރޫޢުތަކެއް ހިންގާނެކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS