ދުނިޔެ

ރާމަﷲގެ ކައިރީގައި ހުރި ބިންތަކެއްގައި އިޒްރާއިލް މީހުން ރޯކޮށްލައިފި

ރާމަﷲގެ ކައިރީގައި ހުރި ބިންތަކެއްގައި އިޒްރާއިލް މީހުން ރޯކޮށްލައިފި

2024ގައި ރާމައްﷲގައި އިޒްރާއިލުން އަލިފާން ރޯކޮށްލައިފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 މޭ 2025، 08:13

06 މޭ 2025، 08:13

ހިފާފައިވާ ހުޅަނގު އައްސޭރީގެ މެދުތެރޭގައި އޮންނަ ރާމަﷲގެ އިރުއުތުރުން ދަނޑުވެރިކަމުގެ ބިންތަކުގައި ވަޒަންވެރިން ވަނީ އަންގާރަ ދުވަހު އަލިފާން ރޯކޮށްލާފައިކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ. 

ފަލަސްތީނުގެ މަސްދަރުތަކަށް ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލްމުޣައްޔިރާއާއި އަބޫ ފަލާހް އަވަށާ ދެމެދުގައި އޮންނަ ސައީ ޕްލޭން ސަރަހައްދުގެ ދަނޑުވެރިކަމުގެ ބިންތަކުގެ ބޮޑެތި ސަރަހައްދުތަކުގައި ދިހަވަރަކަށް ވަޒަންވެރިން ވަދެ އަލިފާން ރޯކޮށްލާފައިވާކަމަށެވެ.

މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގައި ހަމަނުޖެހުންތައް ފެށިގެން އައީ އިޒްރާއީލުގެ ވަޒަންވެރިން އެ ސަރަހައްދަށް ވަދެގަތުމުން އެމީހުންނާއި ކުރިމަތިލާން ފަލަސްޠީނުގެ ރައްޔިތުން ނުކުތުމުންކަމަށެވެ.

ރާމަﷲގެ ބިންތަކެއްގައި އަލިފާން ރޯކޮށްލައިފައިވާއިރު މިއަދު އިޒްރާއިލުން ވަނީ ހުޅަނގުއައްސޭރީގެ ތުލްކަރަމް އާއި ނޫރް ޝަމްސް ކޭމްޕްގައި ހުރި އާންމުން ދިރިއުޅޭ 15ގެއެއް ތަޅާލާނެ ކަމަށް ބުނެފައެވެ. އެ އިންޒާރާއިއެކު އެ ގެތައް ހުސްކޮށް ތަކެއްޗާއިއެކު ނުކުތުމަށް ދީފައިވަނީ ފަސް ގަޑިއިރެވެ.

އިޒްރާއިލްގެ ސަރުކާރުން ނިންމާފައިވަނީ ހުޅަނގުއައްސޭރީގެ އެކި ހިސާބުތަކުން 90 ގެއެއް ތަޅާލުމަށެވެ. އަދި މިއަދު ތަޅާލަން ނިންމާފައިވާ ގެތަކަކީ އޭގެ ތެރެއިން ހިމެނޭ 15ގެ ކަމަށް އިޒްރާއިލުން ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS