Ads by Aqeeqa Maldives

ޚަބަރު

މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަކުރުން/ފޮޓޯ: ފުލުހުން

06 މޭ 2025، 05:09

މަސްތުވާތަކެއްޗާއި އެކު ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފިއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު. ނަންބަރުދރ 310، އަޙްމަދު ޝުޖާޢު (44އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ކަމަށް ފުލުހުން މަޢޫލޫމާތުދެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ފުލުހުން މިއަދު ޕެޓްރޯލްކުރަމުން ދިޔައިރު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހުކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން، މިއަދު 11:08 ހާއިރު އޭނާ ހިޔާޓަވަރު 2 ގެ ތިންވަނަ ފަންގިފިލާގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އެ ޓަވަރުގެ ސިޑިން އޭނާ ފޭބިއިރު ފުލުހުން ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކުރުމުން އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހިމެނޭ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އަދި ކޯޓަށް ހާޒިރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS