Ads by Aqeeqa Maldives

ޚަބަރު

މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް - 2 އިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް - 2 އިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން/ފޮޓޯ: ފުލުހުން

06 މޭ 2025، 11:56

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭ ފޭސް - 2 އިން ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މެއި 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 2 އިން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / ޖަނަވަރީގެ، މުޝްތާޤު ޝާކިރު (37އ) އާއި ގއ. މާމެންދޫ / ބިލަތްމާގެ، މުޙައްމަދު ފަޒީނު (36އ) ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 2 ގެ ފުލުހުން މިމަހުގެ 5 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި، މި ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. ނަމަވެސް، މި ދެމީހުންގެ ބަންދާމެދު ގޮތަށް ނިންމުމަށް އަދި ކޯޓަށް ހާޒިރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS