ދުނިޔެ

މިއަދުގެ މިހާތަނަށްެވެސް ޣައްޒާއިން 51 މީހުން ޝަހީދު ކޮށްލައިފި

މިއަދުގެ މިހާތަނަށްެވެސް ޣައްޒާއިން 51 މީހުން ޝަހީދު ކޮށްލައިފި

މިއަދު ޝަހީދުވި ބައެއްމީހުންގެ ހަށިތައް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 މޭ 2025، 09:23

05 މޭ 2025، 09:23

މިއަދުގެ މިހާތަނަށް ފަލަސްޠީނުގެ ޣައްޒާއިން 51 މީހުން ޝަހީދުކޮށްލައިފައިވާކަމަށް އަލްޖަޒީރާގައި ބުނެފިއެވެ. 

ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި 7 އޮކްޓޯބަރު 2023 އިން ފެށިގެން މިހާތަނަށް ޣައްޒާއިން 52،567 މީހަކު ޝަހީދުކޮށްލައިފައިވެއެވެ. 118،610 މީހުން ވަނީ ޒަޚަމްވެފައެވެ. އެވުޒާރާއިން އަންދާޒާ ކޮށްފައިވާގޮތުން ޝަހީދުވިމީހުންގެ ތެރެއިން 65އިންސައްތަ ހިއްސާކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އެތައްހާސް ބަޔަކު ވީނުވީއެއް ނޭނގިގެއްލިފައިވާއިރު އެމީހުން ވަނީ ޝަހީދުވެގެން ގޮސްފައިކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ލަފާކުރެެއެވެ. 

ހަމަލާތަކުގެ ސަބަބުން ޝަހީދުވާމީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ބަނޑުހައިހޫނު ކަމުގައި ނިޔާވަމުންދާ ކުޑަކުދިންގެ ޢަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް އިޒްރާއިލުން އަދިވެސް މަސައްކަތް ކުރަމުންދަނީ ޣައްޒާއަށް އެހީގެ އެއްވެސް މިންވަރެއް ނުވެއްދުމަށެވެ. އިޒްރާއިލްގެ ސަރުކާރުގެ އިސްފަރާތަކުން ބުނެފައިވަނީ ޣައްޒާގައި އެއްވެސް ވަރަކަށް އިންސާނީ އެހީ ބަހައިގެން ނުވާނެ ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS