Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލޭ ފޭސް 1 ގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

ހުޅުމާލޭ ފޭސް 1 ގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

ހުޅުމާލެ ފޭސް 1 ގައި ހުރި ކުނިތަކެއްގައި މިއަދު އަލިފާން ރޯވުން/ފޮޓޯ: އެމްއެންޑީއެފް

05 މޭ 2025، 05:39

ހުލާސާ


 

ހުޅުމާލޭ ފޭސް 1 ގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން ނިއްވާލައިފިއެވެ. 

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ވިދާޅުވީ، މި ޙާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ކުރިން ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި އިމާރާތުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. މި ޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 15:32 ކަންހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކުރައްވާފައެވެ. އަދި އެ ވަޤުތު މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން މި ސަރަޙައްދުގައި ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 15:52 ހާއިރު ކަމަށެވެ.
 
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS