ދުނިޔެ
އަނެއްކާވެސް އިޒްރާއިލްގެ ޖަލުގައި ހުރި ފަލަސްޠީނު ރައްޔިތަކު ނިޔާވެެއްޖެ

ނާބުލުސް ގެ މަގުމަތީގައި އިޒްރާއިލް ސިފައިން ހަރަކާތްތެރިވަނީ
އަނެއްކާވެސް އިޒްރާއިލްގެ ޖަލުގައި ހުރި ފަލަސްޠީނުގެ ރައްޔިތަކު ނިޔާވެއްޖެއެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ޖެނީންއަށް އުފަން، މޮހޭ އަލް ދީން ފަހުމީ ސައީދު ނިޖިމް އިޒްރާއީލުގެ ބެލުމުގެ ދަށުގައި މަރުވެއްޖެ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީ (ޕީޕީއެސް) އިން ބުނެފި އެވެ.
ހަ ކުދިންގެ ބައްޕައެއް ކަމަށްވާ އުމުރުން 60 އަހަރުގެ ނިޖިމް 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ހައްޔަރުކޮށް ނެގޭވް ޖަލުގައި ބަންދުކޮށްފައިވާއިރު، އޭނާގެ ހާލަތު ގޯސްވަމުން ދިޔުމުންވެސް އެކަށީގެންވާ ސިއްހީ ފަރުވާ ދީފައިނުވާ ކަމަށާއި އޭނާ ނިޔާވީ އެހެންވެގެން ކަމަށް ގްރޫޕާ ހަވާލާދީ ވަފގައި ރިޕޯޓްކޮށްފައިވެ އެވެ.
އޭނާ ނިޔާވުމުގެ ކުރިން، ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު އެއްވެސް ޝަރީއަތެއް ނުވަތަ ދައުވާއެއް ނެތި 'އިދާރީ ބަންދު' ގެ ދަށުން ޖަލުގެ ތޭރިތަކުގެ ބިއްދަށުގައި ބަންދުކޮށްފައިވަނީ.
ޕީޕީއެސް އިން ބުންޏެވެ.
އޭނާ ނިޔާވުމުން ޣައްޒާ ހަނގުރާމައިގެ ތެރޭގައި އިޒްރާއީލުގެ ބެލުމުގެ ދަށުގައި ނިޔާވި ފަލަސްތީނުގެ ގައިދީންގެ އަދަދު 66 އަށް އަރާފައިވާ ކަމަށް ޕީޕީއެސް އިން ބުނެއެވެ.
ނިޔާވި ގައިދީންގެ ޢަދަދު 66 އަަކަށް އަރައިފައިވާއިރު މިއަދުވެސް ހުޅަނގު އައްސޭރީގައި އޮންނަ ނަބްލޫސްއަށް އަރައި ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެމީހުން ގެންދިޔަ ވަކިތަނެއް އަންގައިފައިނުވާ ކަމަށްވެސް ވަފާ ނިއުސް އެޖެންސީއިން ބުނެފައިވެއެވެ.
މީގެއިތުރުން ދިހަވަރަކަށް މީހުންގެގަޔަށް ކަރުނަގޭސް ޖެހުމުގެ ސަބަބުން ނޭވާލާން ދަތިވެ އަވަސްފަރުވާދޭން ޖެހުނު ކަމަށް ފަލަސްތީނުގެ ނޫސް އެޖެންސީން ބުނެއެވެ.