Ads by Aqeeqa Maldives

ޚަބަރު

މާޝަލް އައިލަންޑްސްގެ ކޮންސްޓިޓިއުޝަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

މާޝަލް އައިލަންޑްސްގެ ކޮންސްޓިޓިއުޝަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

މާޝަލް އައިލެންޑްސް އަދި ދިވެހިރާއްޖޭގެ ދިދަ

01 މޭ 2025، 07:19

މާޝަލް އައިލަންޑްސްގެ ކޮންސްޓިޓިއުޝަން ދުވަހާއި ގުޅިގެން ތަހުނިޔާގެ މެސެޖެއް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ފޮނުއްވައިފިއެވެ.

ވަޒީރު ވަނީ މާޝަލް އައިލަންޑްސްގެ ޚާރިޖީ ވަޒީރު، ޖޯސަފް އަންޑާލް އަށް އެ ޤައުމުގެ ކޮންސްޓިޓިއުޝަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންގެ ނަމުގައި، އަދި ވަޒީރުގެ އަމިއްލަ ނަމުގައި މާޝަލް އައިލަންޑްސް ސަރުކާރަށާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމުން ވަޒީރު ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ  ޤައުމުތަކުގެ ހައިސިއްޔަތުން، ދިވެހިރާއްޖެ އާއި މާޝަލް އައިލަންޑްސް އަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ދިވެހިރާއްޖެއާއި މާޝަލް އައިލަންޑްސް އިން ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮންނެވި ކަމަށެވެ. ވަޒީރުގެ މެސެޖު ނިންމާލައްވާފައިވަނީ، މާޝަލް އައިލެންޑްސްގެ ބޮޑު ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވައިގެންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS