ދުނިޔެ
ފަލަސްޠީނުގެ ބޯޑަރު ކައިރީގައި 3000 އެހީގެ ޓްރަކް މަގުބަންދުވެ ނުވަދެވިފަ

ހިލޭ ކާބޯތަކެތި ބަހާތަނެއްގައި ކާތަކެތި ބަހަނީ.
ފަލަސްޠީނުގެ ބޯޑަރު ކައިރީގައި 3000 އެހީގެ ޓްރަކް މަގުބަންދުވެ ނުވަދެވިފައި އެބަތިބި ކަމަށް އދ.ގެ ފަލަސްޠީނުގެ ރިލީފް އެންޑް ވޯކްސް އެޖެންސީއިން ބުނެފިއެވެ.
އެއެޖެންސީއިން ބުނެފައިވަނީ އިންސާނީ އެހީއާއިއެކު ބޯޑަރުކައިރީގައި އެ އެޖެންސީގެ ޓްރަކްތައް ތައްޔާރަށް ތިބި ކަމަށާއި ނަމަވެސް އިޒްރާއިލުން އެޓްރަކްތައް ބޯޑަރުންއެތެރެއަށް ވަނުމަށް ހުރަސްއަޅައިފައިވާ ކަމަށެވެ.
އިޒްރާއިލުން ފަލަސްޠީނަށް އެހީގެ ޓްރަކްތައް ވެއްދުން މަނާކޮށް ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ 60 ދުވަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެެވެ. މިއީ މިހާތަނަށް މިގޮތަށް އެހީގެ ތަކެތި ވެއްދުން މަނާކޮށް އެކަނކުރިއަށްގެންދާ ފުރަތަމަ ފަހަރުކަމެވެ.
އދ.އިން ބުނެފައިވަނީ ޣައްޒާގެ އެއްމިލިއަން ކުދިން އެއެހީއަށް ބަރޯސާވެފައިވާއިރު، އެހީގެ ތަކެތީ ނުލިބުގެ ސަބަބުން ބަނޑުހައި ހޫނުކަމަށް އެކުދިން ހުށައެޅި އެކުދިން ނުރައްކަލަށް ހުށައެޅިފައިވާ ކަމަށެވެ.
އެހީގެ ތަކެތި ބޯޑަރު ހުރަސްކޮށް ވަނުން މަނާކޮށްފައިވާއިރު އެހީގެ ގޮތުގައި ލިބިފައިހުރި ތަކެތީގެ ތެރެއިން ގުދަންކޮށްފައިހުރި މަދު ސާމަނުކޮޅު ހުރި ސަރަހައްދަށް އިޒްރާއިލުން ވަރުގަދަ އުދުވާނީ ހަމަލާތައް ދަނީ ދެމުންނެވެ.