Ads by Aqeeqa Maldives

ޚަބަރު

ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ "އިންސްޕެކްޓަރ ކޯސް" ގެ ހަތަރު ވަނަ ބުރު ފަށައިފި

ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ "އިންސްޕެކްޓަރ ކޯސް" ގެ ހަތަރު ވަނަ ބުރު ފަށައިފި

"އިންސްޕެކްޓަރ ކޯސް" ގެ ހަތަރު ވަނަ ބުރުގެ ބައިވެރިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 އޭޕްރީލު 2025، 11:05

30 އޭޕްރީލު 2025، 11:05

ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ "އިންސްޕެކްޓަރ ކޯސް" ގެ ހަތަރު ވަނަ ބުރު ފަށައިފިއެވެ.

މި ކޯހަކީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ފަށާފައިވާ ކޯހެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. މި ކޯސް ފަށާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދޭ ގޮތުގައި، މި ކޯހުގެ ބައިވެރިންނަށް ފުލުހުންގެ ގާނޫނާއި، ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި، ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް ކިޔަވައިދެވޭނެއެވެ. ހަމަ އެހެންމެ، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް، ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ވެސް މި ކޯހުގައި ކިޔަވައިދޭނެކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

 މީގެ އިތުރުން، މި ކޯހުގެ ސަބަބުން މުވައްޒަފުންގެ ޢިލްމާއި ހުނަރު އިތުރަށް ތަރައްގީވެ، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާނެ ފުލުހުންތަކެއް އުފެދިގެންދާނެކަމަށް އެ ޚިދުމަތުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، ދިމާވާ ކޮންމެ ކަމެއްގައި ވެސް ޕްރޮފެޝަނަލްކަމާއެކު، ފުލުހުންގެ ޚިދުމަތުގެ ޤަވާއިދުތަކާއި އެއްގޮތަށް މަސައްކަތްކުރާނެ ފުލުހުންތަކެއް މިކޯހުގެ ތެރެއިން ތައްޔާރުކުރެވިގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި ކޯހުގައި ޖުމްލަ 31 ފުލުހުން ބައިވެރިވެއެވެ. އެއީ 25 ފިރިހެން ފުލުހަކާއި 6 އަންހެން ފުލުހުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS