Ads by Aqeeqa Maldives

ޚަބަރު

މަސްތުވާތަކެއްޗާއި އެކު 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 އޭޕްރީލު 2025، 11:05

30 އޭޕްރީލު 2025، 11:05

މަސްތުވާތަކެއްޗާއި އެކު 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފުރާތު، އަހްމަދު އަރީފް (33އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބ. ދަރަވަންދޫ އިން ކަމަށް ފުލުހުން މަޢޫލޫމާތުދެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ބ. ދަރަވަންދޫގައި މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިއަދުގެ ވަޤުތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ދަރަވަންދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އަދި ކޯޓަށް ހާޒިރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS