Ads by Aqeeqa Maldives

ޚަބަރު

ތިލަދުންމަތީ ދެކުނުބުރީ "ހިރިނައިދޫ" އަކީ އެ އަތޮޅު "ނެއްލައިދޫ" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

ތިލަދުންމަތީ ދެކުނުބުރީ "ހިރިނައިދޫ" އަކީ އެ އަތޮޅު "ނެއްލައިދޫ" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 އޭޕްރީލު 2025، 09:21

30 އޭޕްރީލު 2025، 09:21

ތިލަދުންމަތީ ދެކުނުބުރީ "ހިރިނައިދޫ" އަކީ އެ އަތޮޅު "ނެއްލައިދޫ" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް މިފަދައިން ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. 

މިއަދު ނެރުއްވި ޤަރާރުގައި ވަނީ، ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް ތިލަދުންމަތީ ދެކުނުބުރީ "ހިރިނައިދޫ" އަކީ އެ އަތޮޅު "ނެއްލައިދޫ" ގެ ބައެއް ކަމުގައި  ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވާ ކަމަށެވެ. އަދި މި ޤަރާރުގައި ވަނީ، ތިލަދުންމަތީ ދެކުނުބުރީ "ހިރިނައިދޫ" ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ތިލަދުންމަތީ ދެކުނުބުރީ "ހިރިނައިދޫ"  އެ އަތޮޅުގެ "ނެއްލައިދޫ" ގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި އެއަތޮޅު ހިރިނައިދޫ ހަމަޖައްސަވައި ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހަށް އެމަނިކުފާނު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނެއްލައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS