Ads by Stelco

ޚަބަރު

ސަންގު ޓީވީއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ސަންގު ޓީވީއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ސަންގުޓީވީ ގެ ޕްރޮގްރާމެއްގައި ރައީސް/ފޮޓޯ: ޕީއެންސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 އޭޕްރީލު 2025، 08:14

30 އޭޕްރީލު 2025، 08:14

ސަންގު ޓީވީއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ވަނީ ސަންގު ޓީވީގެ އަހަރީ ދުވަހުގެ މުނާސަބަތުގައިި، އެ ޓީވީއަށް ތަހުނިޔާ ފޮނުއްވުމަށް އެ މަނިކުފާނުގެ ރަސްމީ އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ތާޒާކޮށް ގެނަސްދިނުމުގައި، އަދި ޤައުމު ހޭލުންތެރި ކުރުމުގައި ސަންގު ޓީވީއިން ކުރަމުން ގެންދަނީ ތަޢުރީފު ޙައްޤު މުހިންމު ޚިދުމަތްތަކެއް ކަމަށެވެ. ހަމަ އެހެންމެ، މި ޓީވީއަކީ ފާއިތުވެދިޔަ 10 އަހަރު ދުވަހު މެނދުކެޑުމެއްނެތި ހިންގަމުންދާ ޓީވީއެއްކަން ފާހަގަކުރައްވާ ރައީސް ވަނީ، ސަންގުގެ ހީވާގި ޓީމަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވާފައެވެ.

ސަންގު ޓީވީއަށް 10 އަހަރު ފުރުން ފާހަގަކުރާއިރު، މި ޓީވީއިން ވަނީ ނިމިދިޔަ 10 އަހަރުގެ ތެރޭގައި ރައްޔިތުންނާއި ހަމައަށް މުހިންމު، ބޭނުންތެރި، އަދި ރައްޔިތުންނަށް ފައިދާކުރާނެ ފަދަ އެތަކެއް ޕްރޮގްރާމްތަކެއް ގެނެސްދީފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS