Ads by Aqeeqa Maldives

ޚަބަރު

ކ. މާފުށީ ޖަލުގައި ސައިބަރ އެވެއަރނަސް ސެޝަންއެއް ކުރިއަށް ގެންގޮސްފި

ކ. މާފުށީ ޖަލުގައި ސައިބަރ އެވެއަރނަސް ސެޝަންއެއް ކުރިއަށް ގެންގޮސްފި

ކ. މާފުށީ ޖަލުގައި ސައިބަރ އެވެއަރނަސް ސެޝަންއެއް ކުރިއަށް ގެންދިޔުން/ފޮޓޯ: ކަރެކްޝަންސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 އޭޕްރީލު 2025، 07:14

30 އޭޕްރީލު 2025، 07:14

ކ. މާފުށީ ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ސައިބަރ އެވެއަރނަސް ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ކަރެކްޝަަނަލް ސަރވިސް، އެމްސީއެސް އިން ވިދާޅުވީ، "ސައިބަރ އެވެއަރނަސް ސެޝަން" ގެ ނަމުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި މާފުށީ ޖަލުގައި މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި، އީއެސްޖީ، އަދި އައިކޯސްޓްގެ އޮފިސަރުން ހިމެނޭގޮތަށް ޖުމްލަ 39 އޮފިސަރުން މި ސެޝަންގައި ބައިވެރިވެފައިވާކަމަށް ކަރެކްޝަންސްއިން މަޢުލޫމާތު ދެއެވެ.

މޯލްޑިވްސް ކަރެކްޝަަނަލް ސަރވިސްއިން ވިދާޅުވީ، މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އައިޓީ އެކްސްޕަރޓް އިބްރާހިމް ރަޝީދުގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ. އަދި މިފަދަ ސެޝަނެއް ހިންގުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ އިންޓަރނެޓްގެ ޒަރިއްޔާއިން ކުރިމަތިވާ އެކިކަހަލަ މައްސަލަތަކަށް މުވައްޒަފުން އަހުލުވެރިކުރުން ކަމަށް އެމްސީއެސް އިން ވިދާޅުވެއެވެ. ހަމަ އެހެންމެ، މި ސެޝަންގެ ޒަރިއްޔާއިން، ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދެވިގެން ދިޔަކަމަށް ކަރެކްޝަަންސް އިން މަޢޫލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS