ދުނިޔެ

އިޒްރާއިލް ސިފައިން ހިބްރޫންގެ އިބްރާހިމީ މިސްކިތައް ގެއްލުންދީފި

އިޒްރާއިލް ސިފައިން ހިބްރޫންގެ އިބްރާހިމީ މިސްކިތައް ގެއްލުންދީފި

ެއިބްރާހިމީ މިސްކިތް 2021 ވަނަ އަހަރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޭޕްރީލު 2025، 11:35

30 އޭޕްރީލު 2025، 11:35

އިޒްރާއިލް ސިފައިން ހިބްރޫންގައި ހުންނަ އިބްރަހިމީ މިސްކިތައް ވަދެ ގެއްލުންދީފިއެވެ. 

ވަފާ ނޫސް އެޖެންސީއަށް ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއީލުގެ ގިނަ ޢަދަދެއްގެ ސިފައިން، ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ހެބްރޯން ސިޓީގެ ހުރުމަތްތެރި މިސްކިތަށް ވަދެފައިވާ ކަމަށެވެ.

އެކްޓިވިސްޓަކާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވަނީ އިޒްރާއިލް ސިފައިން އެސަރަހައްދުގައި ޗެކްޕޮއިންޓްތަކެއް ހަދައިފައިވާކަމަށެެވެ.

އިބްރާހީމީ މިސްކިތަކީ ޔަހޫދީންނާއި މުސްލިމުންނާއި ނަޞާރާއިން ވެސް އިޙްތިރާމް ކުރާ މިސްކިތެކެވެ. އެމިސްކިތަކީ އިސްޙާޤު އަދި ޔަޢުޤޫބުގެފާނާއި އެދެބެކަލުންގެ އަނބިއަނބިކަނބަލުން ވަޅުލާފައިވާތަނެވެ.

ހެބްރޫންގެ މެދުތެރޭގައި ހުންނަ މިތަނަކީ ޒަމާނުއްސުރެ އެތަނުގެ މިލްކުވެރިކަމާއިމެދު ޔަހޫދީންނާއި މުސްލިމުންގެ މެދުގައި ޚިޔާލުތަފާތުވުންތަކާއި ހަމަނުޖެހުންތައް އުފެދިފައި އޮންނަ ތަނެކެވެ. 

އިޒްރާއިލުން ޣައްޒާއަށް 7 އޮކްޓޫބަރު 2023 ގައި ދޭން ހަމަލާދޭން ފެށިފަހުން މިހާތަނަށް 1000އަށްވުރެ ގިނަ މިސްކިތް ވަނީ ހަލާކުކޮށްލައިފައެވެ. އޭގެތެރެއިން ގިނަ ތަންތަން ވަނީ ބޭނުންނުކުރެވޭ ވަރަށް އެއްކޮށް ހަލާކުކޮށްލައިފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS