ޚަބަރު
މީހުން ބިނާކުރުމުގެ ދާއިރާއިން އައިއައިޔޫއެމާއި ޒަކާތު ހައުސްއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އައިއައިޔޫއެމާއި ޒަކާތު ހައުސްއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
މީހުން ބިނާކުރުމުގެ ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމާއި ޒަކާތު ހައުސްއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުުޅުގެ ތެރެއިން، އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓު އެރުވުމަށް މިއަދު އައިއައިޔޫއެމްގައި ބޭއްވުނު ރަސްމިއްޔާތުގެ ހަވާސާގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ޗެއަރމަން އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރެކްޓަރ ޕްރޮފެސަރ ޑރ އުސްމާން ބަކަރްއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން މި ދާއިރާއިން މީހުން ތަމްރީން ކުރުމަށް ދެ ފަރާތުން ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއްކަމަށެވެ.