Ads by Aqeeqa Maldives

ޚަބަރު

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ފިރިހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ޢާއިލާއާ ޙަވާލުކޮށްފި

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ފިރިހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ޢާއިލާއާ ޙަވާލުކޮށްފި

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ/ފޮޓޯ: އަވަސް އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 އޭޕްރީލު 2025، 08:36

29 އޭޕްރީލު 2025، 08:36

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ފިރިހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ޢާއިލާއާ ޙަވާލުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މި މަހުގެ 22 ވަނަ ދުވަހު މާލޭގެ މާފަންނުގައި ހުންނަ އަލުވިމާގެ، އާގޭގައި ޢުމުރުން 40 އަހަރުގެ މުހައްމަދު ހިސާމް ނަމަކަށް ކިޔާ މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާ މައްސަލަ ވަނީ އެދުވަހުގެ 16:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމާ ގުޅޭގޮތުން ޢާއިލާއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން ނިންމަންޖެހޭ ކަންތައްތައް ނިންމެވުމަށްފަހު މި ހިނގާ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު މުހައްމަދު ހިސާމް ގެ ހަށިގަނޑު މޯޗުއަރީން ނެރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ޢާއިލާއަށް އަންގާފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމާތުދެއްވާފަ އެވެ.

ފުލުހުން މަޢުލޫމާތުދޭ ގޮތުގައި، ޢާއިލާއިން ވަނީ މުހައްމަދު ހިސާމް ގެ ހަށިގަނޑު ވަޅުލަން ބޭނުންވަނީ އޭޕްރީލް 19 ވަނަ ދުވަހު (މިއަދު) ކަމަށް ބުނެފައެވެ. އެހެންކަމުން، ފުލުހުން ނިންމަންޖެހޭ އެންމެހާ ކަންތައްތަކެއް ނިންމުމަށްފަހު، މުހައްމަދު ހިސާމްގެ ހަށިގަނޑު މިއަދު ޢާއިލާއާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމާތުދެއްވާފަ އެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS