Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި

ކުދިންތަކެއް މަޖާކުރަނީ/ފޮޓޯ: އެޗްޑީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 އޭޕްރީލު 2025، 07:19

29 އޭޕްރީލު 2025، 07:19

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ފެސްޓިވަލެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މަޢުލޫމާތުދޭ ގޮތުގައި، "މައި ހުޅުމާޅެ ފެސްޓިވަލް" ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ފޯރިގަދަ ތަފާތު ޙަރަކާތްތަކެއް ފެނިގެންދާނެއެވެ. އަދި މި ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވަނީ، މި އަންނަ މެއި މަހުގެ 10 ވަނަ ދުވަހުކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. މައި ހުޅުމާލެ ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަފްތާއެއްގެ މުއްދަތަކަށެވެ.

"މައި ހުޅުމާޅެ ފެސްޓިވަލް" ގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބައެއް ޙަރަކާތްތައް:

  • ފޮޓޯގްރަފީ ކޮމްޕެޓިޝަން
  • ފެމިލީ ކަރނިވަލް
  • ހުޅުމާލެ ޑިސްކައުންޓް ވީކް
  • ހެލްތް ކޭމްޕް
  • ހުޅުމާލެ ސްޓޯރީ ފޮޓޯ ވޯކް
  • މަސްރޭސް
  • ސައިކްލިން ޗެމްޕިއަންޝިޕް
  • ބީޗް ފެސްޓް

މި ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެންކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. އަދި ހުޅުމާލޭގެ އެކި ސަރަޙައްދުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ވެސް ޚާއްޞަ ހަރަކާތްތަކެއް ހިމެނޭނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS