Ads by Aqeeqa Maldives

ޚަބަރު

ރިޔާސީ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުގެންނަވައިފި

ރިޔާސީ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުގެންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޭޕްރީލު 2025، 07:31

28 އޭޕްރީލު 2025، 07:31

ރައީސް އުފައްދަވާފައިވާ ޙާއްޞަ ރިޔާސީ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުގެންނަވައިފިއެވެ.

މި ކޮމިޝަނަކީ، މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާން އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، ތަހުޤީޤުކުރުމަށް މިމަހުގެ 27 ވަނަ ދުވަހު އެމަނިކުފާނު އެކުލަވާލެއްވި ކޮމިޝަނެކެވެ.

ރައީސް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި، މި ކޮމިޝަނުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، މި މައްސަލައާއި ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމެވެ. އަދި މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް ލަފާދިނުމުގެ މަސައްކަތް މި ކޮމިޝަނުން ކުރިއަށް ގެންދަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޙާއްސަ ކޮމިޝަނަށް ފުރަތަމަ އައްޔަން ކުރައްވާފައިވަނީ 3 މެންބަރުންނެވެ. އެއީ، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކަށީގެ ހާއްސަ ޑޮކްޓަރު މުޙައްމަދު ހަބީބު އަދި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަޙުމަދު މުޙައްމަދެވެ. އަދި މި ކޮމިޝަނުގެ ރައީސްގެ ގޮތުގައި ކަނޑައެޅުއްވީ ޑރ. މުހައްމަދު މުނައްވަރެވެ. ނަމަވެސް މިއަދު ރައީސް ވަނީ މި ކޮމިޝަނަށް ބަދަލު ގެންނަވާފައެވެ.

ރައީސް ގެނުއްވި ބަދަލާއެކު މިހާރު މި ކޮމިޝަންގެ މެންބަރުންނަކީ:

  • ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  • ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  • ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  • އަލްފާޟިލާ ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  • އަލްފާޟިލާ އާމިނަތު އީނާސް، ހ. ހަބަރުގެ

މި ކޮމިޝަންގެ ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައަޅުއްވާފައިވަނީ، ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ.

"2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގެ ނަމުގައި މި އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS