Ads by Aqeeqa Maldives

ޚަބަރު

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ މެންބަރުންނާ ވަޒީރު އާދަމް ޝަރީފް ބައްދަލުކުރައްވައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ މެންބަރުންނާ ވަޒީރު އާދަމް ޝަރީފް ބައްދަލުކުރައްވައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ މެންބަރުންނާ ވަޒީރު އާދަމް ޝަރީފް ބައްދަލުކުރެއްވުން/ފޮޓޯ: ސިޓީސް މިނިސްޓްރީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޭޕްރީލު 2025، 07:19

28 އޭޕްރީލު 2025، 07:19

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ މެންބަރުންނާ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ މެންބަރުން ވަނީ ނިމިދިޔަ ސަރުކާރުން ފަށައިފައިވާ މަޝަރުޢުތަކާ ގުޅޭގޮތުން ވަޒީރާއެކު މަޝްވަރާކުރައްވާފައެވެ.

އެގޮތުން، ނޮޅިވަރަމްގެ ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތާއި، ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެރަށުގެ ކަރަންޓުގެ ޙާލަތު ހުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ، އެކަމުގެ ޝަކުވާތައް ވެސް ވަނީ ވަޒީރާއި ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، ރަށަށް ލަފާފުރުމުގައި ދިމާވާ ދަތިތައް ވެސް ވަނީ ވަޒީރާއި ހިއްސާކުރައްވާފައެވެ. ހަމަ އެހެންމެ، ރަށުގެ ސްކޫލު ހޯލުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައި ވާތީ، އެ ކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ވެސް ވަނީ ވަޒީރާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ސަރުކާރުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ ތެރޭގައި، ނޮޅިވަރަމް ކައުންސިލް ޢިމާރާތުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި ވިދާޅުވެ އެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ހަމަ އެހެންމެ، ސަރުކާރުން ހިންގާ ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން ނޮޅިވަރަމްގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހދ. އަތޮޅު ހިމެނޭ ކުލަސްޓަރ ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޙަސަނާއި އަދި ހދ. އަތޮޅުގެ ކަންތައްތައް ބަލަހައްޓަވައި ކޯޑިނޭޓަރ، ޑެޕިއުޓީ މިނިސްޓަރ ޢަލީ ޝަމީމް ވަނީ ބައިވެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS