Ads by Aqeeqa Maldives

ޚަބަރު

ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ދެކުނު އެފްރިކާ އަދި ރާއްޖޭގެ ދިދަ/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 އޭޕްރީލު 2025، 11:42

27 އޭޕްރީލު 2025، 11:42

ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުގެ ރައީސް ސިރިލް މަޓަމެލަ ރަމަފޯސާއަށް ތަހުނިޔާ ދެންނެވުމަށް ޚާއްޞަ މެސެޖެއް ފޮނުއްވައިފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، ދެކުނު އެފްރިކާގެ ފްރީޑަމް ޑޭ ގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޤައުމުގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެއުއެދުންތައް ވަނީ އަރިސްކުރައްވާފައެވެ.

‎މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ދެކުނު އެފްރިކާގެ ރައީސަށް ސަލާމަތް ސިއްޙަތަކާއި އުފާވެރިކަމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS