Ads by Aqeeqa Maldives

ޚަބަރު

މަސްތުގެ ޙާލަތުގައި މަގުތައްމަތިން ފެންނަ މީހުން ގިނަވެ އެކަން ހައްލު ކުުރުމަށް އެންޑީއޭއިން ޚާއްސަ މަސައްކަތެއް ފަށައިފި

މަސްތުގެ ޙާލަތުގައި މަގުތައްމަތިން ފެންނަ މީހުން ގިނަވެ އެކަން ހައްލު ކުުރުމަށް އެންޑީއޭއިން ޚާއްސަ މަސައްކަތެއް ފަށައިފި

ނެޝަނަލް ޑްރަގްސް އޭޖެންސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޭޕްރީލު 2025، 02:58

27 އޭޕްރީލު 2025، 02:58

މަސްތުގެ ޙާލަތުގައި މަގުތައްމަތިން ފެންނަ މީހުން ގިނަވެ އެކަން ހައްލު ކުރުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ އިން ޚާއްސަ މަސައްކަތެއް ފަށައިފައިވާ ކަމަށް އެ އޭޖެންސީ އިން ބުނެފިއެވެ. 

އެންޑީއޭއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެވެސް މަގުތައްމަތީގައި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތަކުގެ ތެރެެއިން ބައެއް މީހުންގެ ފޮޓޯ އާއި ވީޑިއޯ ފަތުރަމުންދިޔުމާއި، އެފަދަ މީހުން ކުށްކުރުމާއި ގުޅިގެން ހިފަހައްޓައި އަނިޔާކުރުމާއި އެފަދަ މަންޒަރުތައް ވީޑީއޯކޮށް ސޯޝަލްމީޑިއާގައި ފަތުރަމުންދާ މައްސަލައިގެން ކަންބޮޑުވުންތައް އާންމުންގެ ފަރާތުން އެއެޖެންސީއަށް ހުށައަޅައި އެއެޖެންސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެކަން އެއޭޖެންސީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެއޭޖެންސީއާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ފަށައިފައިވާކަމަށެވެ.

އެންޑީއޭއިން ބުނީ މަސްތުވާތަކެތި ބޭނުން ކުރުމަކީ ޖިނާއި ކުށެއްގެ އިތުރުން ޞިއްޙަތަށް ނުހަނު ގެއްލުންހުރި އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އޮތް ކަމެއް ކަމަށެވެ. އެފަދަ ކަންކަމަކީ ނުރައްކާތެރި ބަލިތައް ފެތުުރުމަށް ހުޅުވިފައި އޮންނަ ދޮރަކަށްވާއިރު، މިހާރުވެސް މަސްތުވާތަކެތި ބޭނުންކުރާ ގިނަ ބަޔަކު ދަނީ އެފަދަ ބަލިތައް ތަހައްމަލު ކުރަމުންކަމަށެވެ.

ޕާޓީ ޑްރަގާއި ޕާޓީ ޑްރަގްގެ މާއްދާތަކާއި ބަނގުރަލާއި އެހެނިހެންވެސް މަސްތުވާމިފަދަ ބާވަތްތައް ބޭނުންކުރުން ގިނަވެފައިވާއިރު ގިނަ ބަޔަކު އެތަކެތި ބޭނުންކުރަނީ އެއީ ރައްކާތެރި ތަކެތި ކަމަށް ދެކުނު ކަމުގައިވޔަސް އެތަކެއްޗަކީ ފުރާނައަށް ނުރައްކާވާފަދަ ތަކެތި ކަމަށް އެންޑީއޭއިން ބުނެއެވެ.

މީގެއިތުރުން މިފަހަކުން ރާއްޖޭގެ ޒުވާނުންގެ މެދުގައި ފެތުރެމުންދާ ޕާޓީކުރުމުގެ ޓްރެންޑުގެ ސަބަބުން ގިނަ ބަޔަކު މަސްތުިވާތަކެތީގެ ޝިކާރައަކަށްވެ ނުރައްކާތެރި ޙާލަތަކަށް ވެއްޓިފައިވީއިރު އެފަދަ މީހުންގެ ތެރެއިން އެއެޖެންސީގެ ފަރުވާއަށް އެދި އައި ޒުވާނުންގެ ފަރާތުން އެނގިގެން ދިޔައީ އެފަދަ ޑްރަގްސް އެމީހުން ބޭނުުން ކުރަމުންދިޔައީ ދޭތެރެދޭތެރިން ކަމަށް ކަމަށެވެ.

އަދި އޭގެ ސަަބަބުން މަސްތުވާތަކެއްޗަށް އަޅުދާސްތުވެ ނަފްސާނީ ޞިއްޙީ އަދި ޖިސްމާނީ އެތައް މައްސަލަތަކެއްގެ ތެރެއަށް ވެއްޓިގެން ދާކަމަށެވެ. 

އެންޑީއޭއިން ވަނީ ފެތުރެމުންދާ މިނުރައްކާތެރި މަސްތުވާތަކެއްޗާއި އެހެންވެސް މަސްތުވާ ބާވަތުގެ ތަކެތިން ދުރުހެލިވެ ރައްކާތެރިވުމަށް އިންޒާރުދީ އިލްތިމާސްކޮށްފައެވެ.

އެންޑީއޭއިން ބުނެފައިވަނީ މަސްތުގެ ހާލަތުގައި މަގުތަކުން ފެންނަ މީހިންގެ އަދަދު ގިނަވާ މައްސަަލައާއި ގުޅިގެން އެއެޖެންސީއާއި ކަމާ ގުޅުންހުރި ޖަމިއްޔާތަކާއި ގުޅިގެން 25 ފެބްރުއަރީ އިން 25 މާރޗް އާއި ހަމައަށް މާލެސަރަހައްދުގައި އައުޓްރީޗް ޕްރޮގްރާމެއް ހިންގައިފައިވާނެ ކަމަށާއި އެއައުޓްރީޗް ޕްރޮގްރާމްތަކުން ކަންބޮޑުވާވާ މިންވަރަށް މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ގޮސްފައިވާ މީހުން ފާހަގަކުރެވިފައިވާ ކަަމަށެވެ. އޭގެ ތެރޭގައި 18 އަހަރުނުވަ ކުދިންނާއި ދެޖިންސުގެ މީހުން ހިމެނޭކަމަށް އެންޑީއޭއިން ބުނެއެވެ. އަދި އޭގެތެރެއިން ގިނަ ބަޔަކު ނުރައްކާތެރި ބަލިތަކަށް ހުށައެޅިފައިވާކަންވެސް އެންޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އެންޑީއޭއިން ވަނީ ޕާޓީކުރުމާއި މަސްތުގެ ޙާލަތުގައި ތިބޭ މީހުން މަގުމަތީން ފާހަގަވެެއްޖެނަމަ އެއެޖެންސީއަށް އަންގައިދިނުމަށް އެދިފައެވެ. އެގޮޮތުން ނޭޝަނަލް އެމަރޖެންސީ ނަންބަރު 911އަށް ނުވަތަ އެއޭޖެންސީގެ ހޮޓްލައިން 1410 އަކަށް ގުޅައި ޚިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS