ދުނިޔެ

ޞުލްޙައިގެ ވާހަކަތަކަށް ހަމާސްގެ މަންދޫބުން މިޞްރުގެ ޤާހިރާއަށް

ޞުލްޙައިގެ ވާހަކަތަކަށް ހަމާސްގެ މަންދޫބުން މިޞްރުގެ ޤާހިރާއަށް

ހަމަސްގެ ވަފުދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޭޕްރީލު 2025، 01:12

27 އޭޕްރީލު 2025، 01:12

ހަމާސްއާއި އިޒްރާއިލްއާއި ދެމެދު ބޭއްވޭ ޞުލްޙައިގެ ވާހަކަތަކުގެ މެދުވެރިއެއްގެ ގޮތުގައި ބައިވެރިވާ މިޞްރުގެ މަންދޫބުންނާއި މަޝްވަރާކުރުމަށް ހަމާސްގެ މަންދޫބުން މިޞްރުގެ ޤާހިރާއަށް ފުރައިފައިވާ ކަމަށް ހަމާސްއިން ބުނެފިއެވެ.

ހަމާސްއިން ބުނެފައިވަނީ މުޖާހިދު މުހައްމަދު ދަރުވިޝް އިސްކޮށް ހުންނަވައިގެން ފަލަސްތީނުގެ ވަފުދު ގާހިރާއަށް ފުރައިގެން ގޮސްފައިވާ ކަމަށްބުނެ ބަޔާނެއް ނެރެފައެވެ.

ހަމާސްގެ މަންދޫބުންގެ ވަފްދުން ހުށައަޅާނީ ހަނގުރާމަ ހުއްޓުވުމާއި، ބަންދުކޮށްފައި ތިބި ރަޙިނުން ދޫކޮށްލުމާއި، އަލުން ދިރިއުޅުންތައް ފަށައިގަތުމަށް ބޭނުންވާ އެހީތެރިކަމާއި އަދި އަލުން ތަންތަން އިމާރާތްކުރުމަށް ދެފަރާތް ޝާމިލްވާ އެއްބަސްވުމަކަށް ވާސިލްވުމަށެވެ. މި މަސައްކަތްތައް ކާމިޔާބުކުރުމަށްޓަކައި މަޝްވަރާތައް އިތުރުކުރުމަށާއިި ވާހަކަތައް ކުރިއަށް ގެންދިއުމަށްވެސް ވަފުދުން މަސައްކަތްކުރާނެއެވެ.

"މި ބައްދަލުވުމުގައި ފާއިތުވި ދެ މަސްދުވަހުގެ ފުރިހަމަ ޣައްޒާގެ ބޯޑަރުތައް ބަންދުކޮށް ޣައްޒާއެއްކޮށް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ގޮސްފައިއޮތް ހިސާބާބެހޭގޮތުން ވާހަކަތައް ދެކެވޭނެއެވެ.

މި ބައްދަލުވުމުގައި އެހީތައް ފޯރުކޮށްދިނުމާއި އެއެހީގެ ތަކެތި އަވަހަށް ފޯރުކޮށްދިނުމުގެ މުހިންމުކަމާއި މެދު ވާހަކަދެކެވި މަޝްވަރާ ކުރެވޭނެ ކަމަށާއި މިކަންކަމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ބާރުއެޅިގެންދާނެ ކަމަށްވެސް ހަމަާސްގެބަޔާނުގައި ވެއެވެ.

ހަމާސްގެ މި ބަޔާނުގައި ޝާމިލް އެއްބަސްވުމަކަށް ވާސިލްވުމަށް އެ ޖަމާޢަތުން އެކުލަވައިލައިފައިޗާ ތަޞައްވުރާ ބެހޭ ތަފްޞީލުތަކެއް ހިމަނާފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS