ދުނިޔެ
ހެނދުނު ހެނދުނާ އިޒްރާއިލުން ޣައްޒާގެ 16 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާއަށް އިޒްރާއިލުން ދިން ހަމަލާއެއްގެ މަންޒަރު
މިއަދުގެ ހެނދުނު ހެނދުނަ އިޒްރާއިލުން ޣައްޒާއަށް ހަމަލާދީ 16 މީހަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ މެޑިކަލް މަސްދަރުތަކާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ފެށިގެން އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި މަދުވެގެން 16 މީހުން ވަނީ މަރުވެފަ އެވެ.
އިޒްރާއިލުން ދިން ހަމަލާއެއްގައި އިމާރާތެއްގެ ގައުތައް ވެރި އޭގެ ދަށުގައި އެތައްބަޔަކު ތާށިވެފައިވާއިރު ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބަސާލް ވިދާޅުވީ މީހުން ސަލާމަތްކުރަންް ބޭނުން ކުރާ ސާމާނު ނެތުމުން ކުއްލި ހާލަތުގައި މަސައްކަތްކުރާ މީހުންނަށް އެތަނުގެ ދަށުގައި ތިބި ކަމަށް ބެލެވޭ 30 އަށް ވުރެ ގިނަ މީހުންނާ ހަމައަށް ދެވިފައިނުވާކަމަށެވެ.
ޣައްޒާ ސިޓީގެ ސަބްރާ ސަރަހައްދުގައި ހުންނަ ޚޫރު އާއިލާގެ ގެއަށް ދިން އެ ހަމަލާގައި ހަތަރު މީހަކު މަރުވެ ފަސް މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.
އިސްރާއީލުގެ މަތިންދާބޯޓުތަކުން ބުދަ ދުވަހު ޣައްޒާގައި ޣައްޒާގައި 40 އިންޖިނިއަރިން ވެހިކަލް ނައްތާލާފައިވާއިރު، އެ އުޅަނދުތަކަކީ މީހުން ހޯދުމާއި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ބޮޑެތި ކޮންކްރީޓްގަނޑުތައް ނައްތާލުމަށާއި ހަލާކުވެފައިވާ އިމާރާތްތަކުން ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމަށް ބޭނުންކުރާ އުޅަނދުތަކެކެވެ.
މީގެއިތުރުން އިޒްރާއީލުގެ ސިފައިން ހިފާފައިވާ އިރުމަތީ ގުދުސް ކައިރީގައި އޮންނަ އަނަތާ ޓައުން އަށް ވަދެ ފަލަސްތީނުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ އިންފޮމޭޝަން ސެންޓަރުން ރިޕޯޓްކޮށްފައިވެއެވެ.
ހަމަމިއާއިއެކު އިޒްރާއީލުގެ އަސްކަރިއްޔާއިން ނަބްލޫސް ކައިރީގައި އޮންނަ ބަލާޓާ ރެފިއުޖީ ކޭމްޕަށް ވަދެ ފަލަސްތީނުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ.