ދުނިޔެ

އިސްތަންބޫލަށް އައި ބިންހެލުން: މިހާތަނަށް 51 އާފްޓަރޝޮކް ރިކޯޑްކުރެވިފައިވޭ

އިސްތަންބޫލަށް އައި ބިންހެލުން: މިހާތަނަށް 51 އާފްޓަރޝޮކް ރިކޯޑްކުރެވިފައިވޭ

ބިންހެލުން އައި ސަރަހައްދު ދައްކުވައިދޭ މެޕެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޭޕްރީލު 2025، 08:17

23 އޭޕްރީލު 2025، 08:17

ތުރުކީވިލާތުގެ އިސްތަންބޫލަށް މިއަދު އައި ބިންހެލުމުގެ ފަހުން މިހާތަނަށް 51 އާފްޓަރޝޮކް ރިކޯޑް ކުރެވިފައިވާކަމަށް ތުރުކީވިލާތުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ. 

ތުރުކީގެ ދާޚިލީ ވަޒީރު އަލީ ޔަރްލިކާޔާ ވިދާޅުވީ އެންމެ ވަރުގަދަ އަފްޓާޝޮކް މިންކުރެވިފައިވަނީ މެގްނިޓިއުޑް 5.9 ގައި ކަމަށެވެ.

އެކްސް ގައި ކުރެެއްވެވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ބިންހެލުން އައީ މަރްމާރާ ކަނޑުގެ ގާތްގަނޑަކަށް 7 ކިލޯމީޓަރު (4.3 މޭލު) އަޑިން ކަމަށާއި އެކަން 13 ސިކުންތަށް ދެމިގެން ދިޔަ ކަމަށެވެ.

"މާތްالله އަށް ޝުކުރުވެރިވަން، މިހާތަނަށް އެއްވެސް މީހެއްގެ ފުރާނަ ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައި ނުވޭ" އޭނާ ވިދާޅުވި އެވެ.

ޔެރްލިކާޔާ އިތުރަށް ވިދާޅުވީ އިންފްރާސްޓްރަކްޗަރ އަށް ގެއްލުމެއް ނުވަތަ ކަރަންޓުދޭ ލައިނަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

ބިންހެލުން އައިސްފައިވާ މިދަޑިވަޅުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ އެޤައުމުގެ ކަމާބެހޭ ހުރިހާ ފަރާތްތަކަކުން ކުއްލި ޙާލަތައް ތައްޔާރަށް ތިބި ކަމަށް ވިދާޅުވެފައެވެ. އަދި ސާރޗް އެންޑް ރެސްކިޔުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އެމަނިކުފާން އެމަސައްކަތް ވަރަށް ގާތުން މޮނިޓަރ ކުރައްވަމުންދާކަމަށްވެސް ވިދާޅުވެފައިވެއެވެ. 

އުރްދުޣާން އިތުރަށް ވިދާޅުވެފައިވަނީ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯއްދަވަމުން ގެންދަވާކަމަށާއި އަދި މިވީހާތަނަށް އެއްވެސް މައްސަލައެއްނެތްކަމަށެވެ. 

އިސްތަންބޫލްގެ ގަވަރުނަރު ދާވޫތު ގުލް ވިދާޅުވީ ބިންހެލުން އައިވަގުތު ޕެނިކްވެގެން އުސްތަންތަނުން ފުންމާލައިގެން 151 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS