ދުނިޔެ
އިންޑިއާގައި 26 މީހުން މަރުވި ބަޑީގެ ހަމަލާދިން މީހާ ހޯދަނީ

ހަމަލާގައި މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ
އިންޑީއާގެ ކަޝްމީރުގެ އަވަށެއްކަމުގައިވާ ޕަހަލްގަމްގައި 26 މީހުން މަރުވި ބަޑީގެ ހަމަލާދިން މީހާ ހޯދުމުގެ މަސައްކަތް އިންޑިއާގެ މިލިޓަރީ އިން ވަނީ ފަށައިފައެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ސިންހް ވިދާޅުވީ ހަމަލާދިން މީހާ ވަރަށްއަވަހަށް ހޯދޭނެ ކަމަށެވެ. އަދި ހަމަލާ ރޭވުމަށް އޭގެ ފަހަތުގައި ތިބި މީހުންނަށް ހަމަލާގެ ވަރުގަދަ ރައްދެއް ދޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ރާޖްނާތް ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާއިން އިން ހޯދާނީ ހަމައެކަނި ހަމަލާދިން މީހުން ނޫން ކަމަށާއި މިކަން ރާވައި ހިންގުމުގެ އެންމެ އަޑީގައި ތިބިމީހުންވެސް ހޯދާނެ ކަމަށެވެ.
މިހަމަލާއަކީ ފާއިތުވި 25 އަހަރުތެރޭގައި ދިން ހަމަލާތަކާއި ބަލާއިރު ކަޝްމީރުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.
ހަމަލާއާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސަޢުދީއަރަބިއްޔާއަސް ކުރައްވަމުން ދިޔަ ދަތުރުފުޅު ވަނީ ކުރުކުރައްވައިފައެވެ.