ދުނިޔެ

ތުރުކީވިލާތުގެ އިސްތަންބޫލަށް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެ

ތުރުކީވިލާތުގެ އިސްތަންބޫލަށް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެ

ބިންހެލުން އައި ސަރަހައްދުގައި މީހުން ހަރަކާތެރިވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޭޕްރީލު 2025، 04:10

23 އޭޕްރީލު 2025، 04:10

ތުރުކިވިލާތުގެ ވެރިރަށް އިސްތަންބޫލަށް 6.2 މެގްނެޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ. 

މި ބިންހެލުމުގެ ސަބަބުން އިސްތަންބޫލްގެ އިމާރަތްތަކަށް ގުޑުންއަރައިފައިވާކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ. 

މިއަދު މެންދުރު 12:49 ގައި އިސްތަންބޫލްގެ ސިލްވްރީ ސަރަހައްދުގެ އައްސޭރީގައި އޮންނަ މަރްމާރާ ކަނޑުގެ ސަރަހައްދަށް އައި ބިންހެލުން އައީ 6.2 މެގްނެޓިއުޑްގެ ބާރުމިނުގައި ކަމަށް ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ އޮތޯރިޓީ (އޭއެފްއޭޑީ) އިން ބުނެއެވެ.

އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވިނަމަވެސް ބޮސްފޯރަސް ސްޓްރެއިޓްގެ ޔޫރަޕާއި އޭޝިއާގެ އައްސޭރީގައި އޮންނަ އެ ސިޓީގައި ސްޓްރަކްޗަރތައް ގުޑުމާއިއެކު މީހުން ވަނީ އިމާރާތްތައް ހުސްކޮށްފައެވެ.

ބްރޯޑްކާސްޓަރު ޓީޖީއާރުޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި ތުރުކީގައި ރަސްމީ ބަންދު ދުވަހެއްގެ ތެރޭގައި އައި ބިންހެލުމުގެ ތެރޭގައި ބެލްކަނީން ފުންމާލުމުގެ ސަބަބުން އެކަކު ވަނީ އަނިޔާވެފައެވެ.

އެކްސްގައި ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔެރްލިކާޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުއްލި ހާލަތުގެ އިދާރާތަކުން "ފީލްޑް އެސެސްމަންޓްތައް" ފަށާފައިވާ ކަމަށާއި އެކަމުގެ އަސަރު ކުރި މީހުންގެ ހާލަތުބަލައިފައިވެއެވެ.

ހަލާކުވެފައިވާ އިމާރާތްތަކަށް އެ ސަރަހައްދުގެ ރައްޔިތުން ނުވަނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިންޒާރު ދީފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS