Ads by Aqeeqa Maldives

ޚަބަރު

އިންޑިއާގެ ޕަހަލްގަމް އަވަށަށް ދިން ނުރައްކާތެރި ޙަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

އިންޑިއާގެ ޕަހަލްގަމް އަވަށަށް ދިން ނުރައްކާތެރި ޙަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 އޭޕްރީލު 2025، 02:55

23 އޭޕްރީލު 2025، 02:55

އިންޑިއާގެ ޕަހަލްގަމް އަވަށަށް ނިރުބަވެރި ޖަމާޢަތަކުން ދިން ނުރައްކާތެރި ޙަމަލާގައި މަރުވި އަދި ޒަޚަމްވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މީސް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައިި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޑިއާގެ ޕަހަލްގަމް އަވަށަށް ނިރުބަވެރި ޖަމާޢަތަކުން ދިިން ހަމާލާގައި އެތައް ބަޔަކު މަރުވެ، ޒަޚަމްވި ޚަބަރު އަޑުއެއްސެވީ ކުއްލި ހައިރާންކަމާއެކުގައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފުން ހިތާމައެއް ލިބިފައިވާކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ދިވެހި ސަރުކާރުުން އަބަދުވެސް ނިރުބަވެރި އެންމެހާ ޢަމަލުތަކާއި ދެކޮޅަށް ތެދުވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ޕަހަލްގަމްއަށް މި ޙަމަލާދީފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޙަމަލާގައި ޕަހަލްގަމްއަށް ޒިޔާރަތްކުރި 28 ފަތުރުވެރިއަކު މަރާލާފާވާއިރު، 20 މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ޙަމަލާގެ ޝިކާރައަކަށްވެ މަރުވި މީހުންނަށާއި އެކި ވަރުގެ ޒަޚަމްތައް ލިބުނު މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS