Ads by Aqeeqa Maldives

ޚަބަރު

ސީއެސްސީގެ ނައިބު ރައީސްގެ މަޤާމަށް މުޖުތާޒް އައްޔަންކުރުމަށް ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި

ސީއެސްސީގެ ނައިބު ރައީސްގެ މަޤާމަށް މުޖުތާޒް އައްޔަންކުރުމަށް ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި

އަލްއުސްތާޛް މުޙައްމަދު މުޖުތާޒް/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 އޭޕްރީލު 2025، 11:23

23 އޭޕްރީލު 2025، 11:23

ސިވިލް ސަރވިސް ކޮމިޝަން، ސީއެސްސީގެ ނައިބު ރައީސްގެ މަޤާމަށް މއ. ސިގްމާ، އަލްއުސްތާޛް މުޙައްމަދު މުޖުތާޒް އައްޔަނުކުރުމަށް ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފިއެވެ.

މުޖުތާޒް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވީ، ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް، އެ ކޮމިޝަނުގެ މެންބަރު އަލްއުސްތާޛް މުޙައްމަދު މުޖުތާޒް އައްޔަން ކުރުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި މިކަމުގައި މަޖިލީހުން ގޮތެއް ނިންމެވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އަކީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، އަދި އެނޫންވެސް އިސް މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެއާއެކު، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް އައްޔަން ކުރައްވާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS