Ads by Aqeeqa Maldives

ޚަބަރު

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު  ބަދަލުވެއްޖެ

އިސްލާމިކް މިނިސްޓްރީއިން ޒަކާތް ބަލައިގަންނަނީ، ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 އޭޕްރީލު 2025، 10:31

23 އޭޕްރީލު 2025، 10:31

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު  ބަދަލުވެއްޖެއެވެ. 

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ރިހީގެ އަގަށް ބަލައިގެން ކަނޑައެޅުމަށް ނިންމާފައިވާއިރު، ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ. 

އެގޮތުން އިއްޔެއިން ފެށިގެން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 15.57ގެ ރޭޓުން 595 ގްރާމަށްވާ 9264.15 ރުފިޔާއެވެ.  މިއީ ކުރިން މި އަދަދު ހުރި ވަރަށް ވުރެ ބޮޑު އަދަދެކެވެ.

މިދިޔަ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ނިޞާބު ހުރީ 8،800.05 ރުފިޔާގައެވެ.

ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބެލުމަށްފަހު ރާއްޖޭގައި ރަނާއި ރިހީގެ އަގުތައް ހާމަކުރަނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިންނެވެ. އެގޮތުން، ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގުތަކަށް ބަދަލު އަންނަނަމަ، މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު އާދެއެވެ.

އެމްއެމްއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ރިހީގެ އަގުހުރީ ގްރާމަކަށް 15.57ރުފިޔާ އަދި ރަނުގެ އަގުހުރީ ގްރާމަކަށް 1601.52 ރުފިޔާގައެވެ. 

މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިއީ އިސްލާމް ދީނުގެ ރުކުނަކަށްވާއިރު އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS