Ads by Aqeeqa Maldives

ޚަބަރު

ގއ. ދާންދޫގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ޙަރަކާތެއް ކުރިއަށް ގެންގޮސްފި

ގއ. ދާންދޫގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ޙަރަކާތެއް ކުރިއަށް ގެންގޮސްފި

ގއ. ދާންދޫގައި ކުރިއަށްދިޔަ ފުލުހުންގެ ވޯކް އެންޑް ޓޯކް ޙަރަކާތުގެ ތެރެއިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 އޭޕްރީލު 2025، 10:28

23 އޭޕްރީލު 2025، 10:28

ގއ. ދާންދޫގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވޯކް އެންޑް ޓޯކް ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޙަރަކާތަކީ ރައްޔިތުންނާއި ގާތުން ބައްދަލުކޮށް މަޢުލޫމާތު ދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. 

މި ހަރަކާތުގައި ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ވަނީ އެ ރަށުގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާ، ރައްޔިތުންނާއި ބައްދަލުކޮށް ތަފާތު މުހިންމު މަޢުލޫމާތުތަކެއް ދީފައެވެ. އެގޮތުން، ރަށުތެރޭގައި ހިނގާ ކުށްތަކުން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ ކަންތައްތައް ފުލުހުން ވަނީ ކިޔާދީފައެވެ. ހަމަ އެހެންމެ، މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ކުރެވިދާނެ ކަންކަމާ އަދި ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ވެސް ވަނީ ކިޔައިދެއްވާފައެވެ.

މީގެ އިތުރުން، އަމާން މާހައުލެއްގެ ގޮތުގައި ރަށް ބޭއްވުމަށް ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ. އަދި މި ހަރަކާތުގެ ތެރެއިން ބައްދަލުވި ރަށުގެ އިސް ރަށްވެއްސަކު ވަނީ، ރަށުގެ ތާރީޚާއި ސަޤާފަތުގެ މައުލޫމާތު ހިއްސާކޮށް އަދި ރަށުގެ ތަރައްގީއާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ފުލުހުންނާ ހިއްސާކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެ ކުރިން ވެސް ވޯކް އެންޑް ޓޯކް ގެ ހަރަކާތްތަކެއް ހިންގައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ހަރަކާތް އެކި ރަށްރަށުގައި ކުރިއަށްދާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS