ދުނިޔެ

އިޒްރާއިލުން ލުބްނާނަށް ދިން ހަމަލާއެއްގައި އަލްޖަމާއާ އަލް އިސްލާމިއްޔާގެ އިސް ކޮމާންޑަރެއް ޝަހީދުވެއްޖެ

އިޒްރާއިލުން ލުބްނާނަށް ދިން ހަމަލާއެއްގައި އަލްޖަމާއާ އަލް އިސްލާމިއްޔާގެ އިސް ކޮމާންޑަރެއް ޝަހީދުވެއްޖެ

ހަަމަލާއެރި ކާރު ކައިރީގައި ފޮރެންސިކް ޓީމެއް ހަރަކާތްތެރިވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޭޕްރީލު 2025، 09:58

22 އޭޕްރީލު 2025، 09:58

އިޒްރާއިލުން ލުބްނާނަށް ދިން ޑްރޯން ހަމަލާއެއްގައި ލުބްނާންގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވަ އަލް ޖަމާޢާ އަލް އިސްލާމިއްޔާގެ އިސް ކޮމާންޑަރަކު ޝަހީދުވެއްޖެއެވެ. 

ބެއިރޫތުގެ ދެކުނުން ހުސެއިން އަތޫއީގެ ކާރަށް ދިން ހަމަލާއަކީ އިޒްރާއީލުން އަންގާރަ ދުވަހު ދިން ދެ ހަމަލާގެ ތެރެއިން އެއް ހަމަލާ އެވެ.

ލުބުނާނުގެ ސިވިލް ޑިފެންސް އިން ކަށަވަރުކޮށްދިން ގޮތުގައި ބެއިރޫތުގެ ދެކުނުން ގާތްގަނޑަކަށް 20 ކިލޯމީޓަރު ދުރުގައި އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ދަމޫރު ކައިރީގައި "އިޒްރާއިލްގެ ޑްރޯނެއް ކާރަކަށް އަމާޒުކޮށްފައިވާ ކަމަށާއި ހަމަލާއަށްފަހު މީހުން ސަލާމަތް ކުރާ ފަރާތްތަކުން ވަނީ އެ އުޅަނދުން މީހެއްގެ ހަށިގަނޑު ހޯދާފައިކަމަށެވެ.

ފަލަސްތީނުގައި އީރާނާ ގުޅުން ހުރި ޖަމާއަތްތަކެއް ކަމަށްވާ ހިޒްބުالله އާއި ހަމާސްއާ ގުޅިފައިވާ އަލްޖަމާޢާ އަލް އިސްލާމިއްޔާ އިން ވަނީ އަތޫއީ ޝަހީދުވިކަން ކަށަވަރުކޮށްދީފައެވެ.

އޭނާ ޝަހީދުކޮށްލައިފައިވަނީ އެނާގެ މަސައްކަތަށް ދަނިކޮށްކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އަތޫއީއަކީ އެކަޑަމިކް ލީޑަރެއް އަދި ޔުނިވާސިޓީ ޕްރޮފެސަރެއް ކަމަށް އަލްޖަޒީރާގައި ބުނެފައި އެވެ.

ނަން ހާމަނުކުރާ ސަލާމަތީ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީގެ ނޫސް އެޖެންސީން ބުނެފައިވަނީ އަތޫއީ އަކީ އަލްޖަމާ އަލް އިސްލާމިއްޔާގެ ހަތިޔާރު އެޅި ވިންގެއް ކަމަށްވާ އަލްފަޖްރު ފޯސަސްގެ ލީޑަރެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS