ކުޅިވަރު / ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް ގޮލްފިންގ މުބާރާތުގެ ޖާރޒީއާއި ހަނދާނީ ފިލާ އަރުވައިފި

ރައީސުލްޖުމްހޫރިއްޔާއަށް ގޮލްފިންގ މުބާރާތުގެ ޖާރޒީއާއި ހަނދާނީ ފިލާ އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމްޖީއޭގެ ނައިބު ރައީސް އަޙްމަދު ނަޒީރު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 އޭޕްރީލު 2025، 04:42

22 އޭޕްރީލު 2025، 04:42

މޯލްޑިވްސް ގޮލްފް އެސޯސިއޭޝަން (އެމްޖީއޭ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މޯލްޑިވްސް އޯޕަން 2025 ގޮލްފިންގ މުބާރާތުގެ ޖާރޒީއާއި ހަނދާނީ ފިލާ އަރުވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެމްޖީއޭގެ ނައިބު ރައީސް އަޙްމަދު ނަޒީރު ވަނީ މި މުބާރާތުގެ ރަމްޒީ ފިލާއާއި ޖާރޒީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.



މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ސްރީލަންކާގެ ވިކްޓޯރިއާ ގޮލްފް ކްލަބުގައެވެ.

މޯލްޑިވްސް އޯޕަން 2025 އަކީ ދިވެހިރާއްޖޭގައި ގޮލްފް ކުޅުން ކުރިއަރުވައި، ތަރައްޤީ ކުރުމަށް އެމްޖީއޭއިން ކުރަމުންދާ މަސައްކަތެކެވެ. މި މުބާރާތަކީ ދިވެހިރާއްޖޭގެ ގޮލްފް ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ބާއްވާ މުހިންމު މުބާރާތެކެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS