Ads by Aqeeqa Maldives

ޚަބަރު

އެންދެރި މަޝްރޫޢުގެ ދަށުން "ރޭންޖަރސް" ތަމްރީނުކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

އެންދެރި މަޝްރޫޢުގެ ދަށުން "ރޭންޖަރސް" ތަމްރީނުކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

ބ. އަތޮޅުގައި ކުރިއަށްދިޔަ ރޭންޖަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން/ފޮޓޯ: މޯލްޑިވްސް އިންސައިޑަރ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޭޕްރީލު 2025، 12:58

22 އޭޕްރީލު 2025، 12:58

އެންދެރި މަޝްރޫޢުގެ ދަށުން ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓުމަށް ހަރަކާތްތެރިވާ "ރޭންޖަރސް" ތަމްރީންކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވުޒާރާގެ އިސްނެންގެވުމުގެ މަތިން ޢާންމުންނަށް ހުޅުވާލައިގެން 12 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލާމު ގަމު ކެމްޕަހުގައެވެ. އިޖްތިމާޢީ އަދި އިދާރީ ހިންގުމުގެ ޚާއްޞަ ކަންތައްތަކަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ލާމު އަތޮޅުގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ގާތުން ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ލިބިފައިވާ ރޭންޖަރުން ތަމްރީނުކުރުމެވެ. ތިމާވެށްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނިޔަމިކަމުގެ ސެޓްފިކެޓް ދޫކުރެވޭނެކަމަށެވެ.

 މި ޕްރޮގްރާމުގެ ބައިވެރިންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ 5 މޮޑިއުލް:

  • ތިމާވެށީގެ ސައިންސް
  • އިޖްތިމާޢީ ބައިވެރިވުމާއި ހޭލުންތެރިކަން އިތުރުކުރުން
  • ތިމާވެށީގެ ޤާނޫނާއި ތަންފީޛީ މަސައްކަތް
  • އަސާސީ ކޮމްޕިޔުޓަރ މަސައްކަތް
  • ނިޔަމިކަމުގެ މާއްދާތައް

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ހިނގާ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS