Ads by Aqeeqa Maldives

ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކްރިމިނަލް ކޯޓު/ފޮޓޯ: ދަ ޓައިމްސް އޮފް އައްޑޫ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޭޕްރީލު 2025، 10:36

22 އޭޕްރީލު 2025، 10:36

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 54 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ކުށް ސާބިތުވެ، ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ 51 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައިި، މި ހިނގާ އޭޕްރީލް މަހުގެ  21 ވަނަ ދުވަހު ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ  ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ ޢަމަލު  ހިންގި މީހެކެވެ. އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި، ޖިންސީ ޢަމަލު މި މީހާ ވަނީ ހިންގާފައެވެ.

މި މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 އިން ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލައިގައި ފުލުހުންގެ ތަހުޤީޤު ނިންމުމަށްފަހު ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

މިމީހާ 54 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވީ ނަމަވެސް، އޭނާ ބަންދުގައި ތިން އަހަރު ހުރުމުން، އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމެއްކަމަށް ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS