ދުނިޔެ

ފާއިތުވި 24ގަޑިއިރުތެރޭ ޣައްޒާއިން 39 މީހުން ޝަހީދުކޮށްލައިފައިވޭ

ފާއިތުވި 24ގަޑިއިރުތެރޭ ޣައްޒާއިން 39 މީހުން ޝަހީދުކޮށްލައިފައިވޭ

ޚާންޔޫނީސް ގައި ޝަހީދުވީ ބައެއްގެ ޖަނާޒާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޭޕްރީލު 2025، 05:43

21 އޭޕްރީލު 2025، 05:43

ފާއިތުވި 24 ގަޑިއިރުތެރޭ ޣައްޒާއިން 39 މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއީލުގެ ވައިގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ފަލަސްތީނުގެ 39 މީހަކު ޝަހީދުވެފައިވާކަމަށެވެ. މީގެއިތުރުން އިތުރު 62 މީހަކު ޒަޚަމްވެ ފަރުވާހޯދަމުންދާއިރު މިހާތަނަށް ޒަޚަމްވި މީހުންގެ އަދަދު ވަނީ 116،931 އަށް އަރާފައެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް 18 މަސް ދުވަސްެވެފައިވާއިރު މިހާތަނަށް 51،240 މީހުން ވަނީ ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެފައިވެއެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކަށް އިޒްރާއިލުން ހަމަލާދީ މީހުން ޝަހީދުކުރަމުންދާއިރު އަލްމަވާސީ ސަރަަހައްދަށް ދިން ހަމަލާއެއްގައި ދެމަފިރިއަކު ޝަހީދުކޮށްލައިފައިވެއެވެ. އެދެމީހުން ޝަހީދުވެފައިވަނީ އެމީހުން ތިބި ޓެންޓަށް ދިން ހަމަލާއެއްގައެވެ.

މިއީ ރައްކާތެރި އިންސާނީ ސަރަހައްދެއްގެ ގޮތުގައި އިޒްރާއިލުން ކަނޑައަޅައިފައިވާ ސަރަހައްދެެކެވެ. ނަމަވެސް މިހާރު އިޒްރާއިލުން ދަނީ އަލްމަވާސީ ހުސްކުރުމަށް އަންގަމުންނެވެ. އަދި މިއީ އެސަރަހައްދަށް އިޒްރާއިލުން ހަމަލާދިން ފުރަތަމަ ފަހަރެއްނޫނެވެ.

އިރުމަތީ ޚާން ޔޫނިސްގެ އެހެން ގެއަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ދެމަފިރިއަކާއި އެދެމީހުންގެ ދަރިން ވަނީ ޝަހީދުކޮށްލައިފައެވެ.

އަދި މަސް ބާނަން އުޅުނު ފަލަސްތީނުގެ މަސްވެރިއަކަށް ވެސް އިޒްރާއީލު ސިފައިން ހަމަލާދީ ޒަޚަމްކޮށްލައިފައިވެއެވެ. ހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކު ޝަހީދުވަމުންދާއިރު ކާބޯތަކެތީގެ ދަތި ކަމުގެ ސަބަބަުން ބަނޑަށްޖެހި މީހުންތައް ޝަހީދުވެގެން ގޮސްދާނެ ކަމުގެ ބިރު މިހާރުވަނީ ބޮޑުވެފައެވެ.

ކާބޯތަކެއްޗާއި ބޭސްފަރުވާގެ އެއްވެސް އެއްޗެއް ޣައްޒާއަށް ވަދެފައި ނުވާތާ މިހާރު 50 ދުވަހަށް ވުރެ ގިނަ ދުވަސް މިހާރުވަނީ ވެފައެވެ. އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އާއިލާތަކަށް ކާންދޭނެ އެއްްޗެއް ހޯދޭނެ ހަމައެކަނި ވަޞީލަތަކަށްވެފައިވަނީ ކަނޑެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS