ދުނިޔެ

ރޭ ފަތިހުން ފެށިގެން މިހާތަނަށް 25 މީހުން ޝަހީދުކޮށްލައިފައިވޭ

ރޭ ފަތިހުން ފެށިގެން މިހާތަނަށް 25 މީހުން ޝަހީދުކޮށްލައިފައިވޭ

ޣައްޒާގެ ޝަހީދެއްގެ މައްޗަށް ކަށުނަމާދު ކުރެވެނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޭޕްރީލު 2025، 07:09

20 އޭޕްރީލު 2025، 07:09

ރޭ ފަތިހުން ފެށިގެން މިހާތަނަށް ޣައްޒާއިން 25 މީހުން ޝަހީދުކޮށްލައިފަވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ. 

އިޒްރާއީލުގެ ވައިގެ ހަމަލާތަކުގައި މިއަދުގެ ފަތިހު ފެށިގެން ޣައްޒާ އެކިސަރަހައްދުތަކުން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 25 މީހުން ޝަހީދުވެފައިވާ ކަމަށް އެ ޣައްޒާގެ ސިވިލް ޑިފެންސްއާއި ހަވާލާދީ އަލްޖަޒިރާގައި ބުނެފައިވެއެވެ.

 

"މިއަދު ފަތިހުން ފެށިގެން އިޒްރާއިލުން ހިޞާރުކޮށްފައިވާ ސަރަހައްދަށް ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގެ އެކިސަރަޙައްދުތަކުން 20 މީހުން ޝަހިދުވެ އިތުރު ދިހަވަރަކަށް މީހުން ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ،" އެ އިދާރާގެ ތަރުޖަމާނު މަހްމޫދު ބަސާލް ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން އެއިދާރާއިން ނެރުނު އެހެން ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިރުމަތީ ރަފާގައި އާންމުންގެ ގްރޫޕަކަށް އިޒްރާއިލުން ދިން ޑްރޯން ދިން ހަމަލާއެއްގައި ފަސް މީހުން ޝަހީދުކޮށްލައިފައިވެއެވެ.

އިޒްރާއީލުން 18 މަސް ދުވަހުގެ އަސްކަރީ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 51،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ޣައްޒާގެ ގިނަ ސަރަހައްދުތައް ވަނީ ފުނޑުފުނޑުވެ ހަލާކުވެފައެވެ.

އަލްޖަޒީރާގެ ހާނީ މަޙްމޫދް ޣައްޒާއިން ރިޕޯޓު ކުރަމުން ބުނެފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަަކަށް އިޒްރާއިލުން ދެމުންދާ ހަމަލާތައް ހުއްޓާލާނެ ކަމުގެ އުންމީދެއް މިހާރު ނެތްކަމަށެވެ. 

“ގަޑިއަކަށްވުރެ ގަޑިއެއް މިދަނީ ގޯސްވަމުން، އިޒްރާއިލްގެ ޢަސްކަރިއްޔާއިން ވަރުގަދަ ހަތިޔާރުތައް ބޭނުންކޮށްގެން ދެމުންދާ ބާރުގަދަ ހަމަލާތަކުގެ ސަބަބުން އަހަރެމެންނަށް ސާބިތުކަމާއިއެކު ކެތްކޮށްނުލެވޭވަރަށް ނުރައްކާތެރިކަން މިދަނީ އިތުރުވަމުން” ހާނީ ބުނެފައިވެއެެވެ.

މިއަދުގެ ޣައްޒާގެ އެކި ސަރައްހައްދުތަކަށް ދިން ހަމަލާތަކަށް އަލިއަޅުވާލަމުން ހާނީ ބުނެފައިވަނީ ތުއްފާއަށް ދިން ހަމަލާއެއްގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުވިކަމަށާއި ޚާން ޔޫނިސްގައި ދެމީހަކު ޝަހީދުވެފައިވާކަމަށެވެ.

ޣައްޒާގެ އިރުމަތީ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން މެދުވެރިވެފައިވުމުން އެކަން ފޫބައްދަން ކާބޯތަކެތި އިންދަމުން ހެއްދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެމަސައްކަތުގައި އުުނު ބަޔަކަށްވެސް ހަމަލާދީފައިވާކަމަށް ހާނީ ބުނެފައިވެއެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS