Ads by Aqeeqa Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސީއެސްސީގެ މެންބަރުކަމަށް މުޙައްމަދު މުޖްތާޒް ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ސީއެސްސީގެ މެންބަރުކަމަށް މުޙައްމަދު މުޖްތާޒް ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ސީއެސްސީގެ މެންބަރުކަމަށް މުޙައްމަދު މުޖްތާޒް ޢައްޔަންކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

20 އޭޕްރީލު 2025، 04:05

20 އޭޕްރީލު 2025، 04:05

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 180 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މއ. ސިގްމާ، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމު އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އަށް ދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި، މުޙައްމަދު މުޖްތާޒް އަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދު އެވެ. އަދި، މި މަޤާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އާއި ހަވާލުކުރައްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އަކީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، އަދި އެނޫންވެސް އިސް މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެއާއެކު، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS