Ads by Aqeeqa Maldives

ޚަބަރު

އެންޑީއޭގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށްޓަކައި ގްރީންގެ ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ވިސްނުން އެބަހުރި

އެންޑީއޭގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށްޓަކައި ގްރީންގެ ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ވިސްނުން އެބަހުރި

ވަޒީރު އިިޙްސާން އެންޑީއޭއަށް ކުރެެއްވެވި ޒިޔާރަތުގެ ތެރެއިން. ފޮޓޯ: ދާޚިލީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޭޕްރީލު 2025، 03:10

20 އޭޕްރީލު 2025، 03:10

ނޭޝަނަލް ޑްރަގްސް އޭޖެންސީ އިން ދޭ ޚިދުމަތްތައް އެންމެ ފުރިހަަމައަށް ދިނުމަށްޓަކައި ގްރީންގެ ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ވަޒީރު އިޙްސާން މިހެން ވިދާޅުވީ އެންޑީއޭ ހިންގާ ގްރީންގެއަށް ޒިޔާރަތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 

ވަޒީރު އިޙްސާން ވިދާޅުވީ އެންޑީއޭ މިހާރު ހިންގަމުންދާ އިމާރާތް ހުރީ ބޭނުންނުކުރެވޭ ހާލަތުގައި ކަމަށާއި، ގްރީންގެ އިމާރާތް ހުރީ ވަރަށް ބޮޑަށް ފަނާވެފައި ކަމަށާއި އެ އިމާރާތަކީ މަސައްކަތްކުރުމަށް އެންމެ އެކަށީގެންވާ އިމާރާތެއް ނޫން ކަމަށެވެ.

އަދި ސަރުކާރުގެ ވިސްނުމަކީ މިކަމަށް ވީހާވެސް އަވަސް ހައްލެއް ހޯދުންކަން ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވަނީ އެންޑީއޭއިން ދެމުންގެންދާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށްޓަކައި ގްރީންގެ ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ.

ގްރީންގެ އިމާރާތުގެ ހާލަތު ބައްލަވާލައްވާ ވާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ ޑްރަގަށް އޮންނަ ޑިމާންޑް ދަށްކުރުމަކީ އެންޑީއޭއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއްކަމަށެވެ.

މި ކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރާއިރު ފާހަގަވާ ކަމަކީ މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރާ އަޅާބަލާފަ މިކަމަށް އޮންނަ ޑިމާންޑް ދަށްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ ދަތިކަން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އަހަރުގެ އެންމެ ބޮޑު ޓާގެޓަކީ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑް ކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަށް މަސައްކަތްތަކެއްވެސް ކުރިއަށް އެބަދާ ކަމަށާއި އެގޮތުން ނ. ވެލިދޫ އާއި ލ. އަތޮޅާއި އަދި ތުލުސްދޫގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް އަޅަމުންދާ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މީގެއިތުރުން ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރުވެސް އިތުރަށް ތަރައްގީ ކޮށް ގިނަ މީހުންނަށް ޚިދުމަތް ލިބޭނެ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރައްވަމުން ކަމަށެވެ.

އެންޑީއޭއަށް ވަޒީރު އިޙްސާން ކުރެއްވެވި ޒިޔާރަތުގައި  މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށްޓަކައި ގާއިމްކޮށްފައިވާ ކޮމިއުނިޓީ ސަރވިސް ސެންޓަރާއި އަދި ގަގަން ކްލިނިކުގެ ހާލަތުވެސް ބައްލަވާލައްވާފައިވެއެވެ. މިޒިޔާރަތުގައި އެތަނުގައި ކުރަމުންދާ މަސައްކަތްތަކާއި ތަނުގެ ހާލަތު ބައްލަވާ، އަދި މުވައްޒަފުންނާ ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް ވަނީ އަޑުއައްސަވާފައެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS