Ads by Aqeeqa Maldives

ޚަބަރު

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސްމާލަކީ މިސްކިތްތަކުގެ އިމާމުން: ވަޒީރު ޑރ. ޝަހީމް

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސްމާލަކީ މިސްކިތްތަކުގެ އިމާމުން: ވަޒީރު ޑރ. ޝަހީމް

އިސްލާމީ ޔުނިވަރސިޓީ އިން ދަސްވެނިވިފައިވާ އިމާމުންނާއި ވަޒީރު ބައްދަލުކުރެއްވުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

20 އޭޕްރީލު 2025، 10:25

20 އޭޕްރީލު 2025، 10:25

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސް މާލަކީ މިސްކިތްތަކުގެ އިމާމުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ދަސްވެނިވިފައިވާ އިމާމުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ގިނަ ޢަދަދެއްގެ އިމާމުން ދަސްވެނިވިފައިވާތީ އެކަމާއި މެދުު އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ، އިމާމުން ހޯދި ފުރިހަމަ ކާމިޔާބީއަށް ވަޒީރު ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސްމާލަކީ މިސްކިތްތަކުގެ އިމާމުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އިމާމުންނަކީ މަތީ ތަޢުލީމާއި ޒަމާނީ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަކީ އެ ވުޒާރާގެ ޢަޒުމެއްކަމަށެވެ. މީގެ އިތުރުން، ނޭއްގާނީ ފިކުރުން މުޖްތަމަޢު ސަލާމަތްކުރެވޭނީ ޢިލްމު އުނގަންނައިދީގެން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އިމާމުން ވަނީ އެ ފަރާތްތަކަށް ދިމާވާ އެކިއެކި ދަތިތަކުގެ މަޢުލޫމާތު ވަޒީރާއި ހިއްސާކުރައްވާފައެވެ. ހަމަ މިއާއެކު، ވަޒީރު ވަނީ އިމާމުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS